ސާނަވީ ސްކޫލްކެޕްޓަން ކަމަށް 9 ދަރިވަރުން

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ސްކޫލް ކެޕްޓަންކަމަށް 9 ދަރިވަރުން ކުރިމަތިލައިފިއެވެ.

ކެޕްޓަން ކަމަށް ކުރިމަތިލީ ދަރިވަރުންނަކީ، ގްރޭޑް 10ޑީގެ ޝައިޚާން ޢަބްދުލް ފައްތާހު، 10ޑީގެ ޢަބްދުލް ސަލާމް، 10ބީގެ ސާރާ އަޙްމަދު ސަޢީދު، 10އޭގެ ޒަފާ މުޙައްމަދު، 10އީގެ މުޙައްމަދު ޒައިނުލްޢާބިދީން، 10ބީގެ އިޔާން ޢަލީ މޫސާ، 10ސީގެ އަމަތުﷲ ޝަރީފު، 10އެފްގެ އަޙްމަދު އަބާން، އަދި 10އޭގެ ޙައްވާ ރައިމް އަޙްމަދެވެ.

ކެޕްޓަން ކަމަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ކެޕްޓަން ކަމަށް ހޮވޭނީ އެންމެގިނަ ޕޮއިންޓް ލިބޭ ދަރިވަރެވެ. ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ލިބޭ ފިރިހެން ދަރިވަރާއި އަންހެން ދަރިވަރަށް ލިބޭނީ ސްކޫލްގެ ވައިސްކެޕްޓަން ކަމުގެ މަގާމެވެ.

ކެޕްޓަން ކަމަށް ކުރިމަތިލި ދަރިވަރުންނަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތަކީ،  ކިޔެވުމަށް 30 އިންސައްތަ، ސީނިއަރ މެނޭޖްމެންޓް(އެސް އެމް ޓީ)ގެ އިންޓަވިޔު އަށް 30 އިންސައްތަ، އަދި ދަރިވަރުންގެ ވޯޓަށް 40 އިންސައްތަ އެވެ.

އެސްއެމްޓީގެ ފަރާތުން ދަރިވަރުންނަށް އިންޓަވިޔު ކުރުމަށް ހަމަޖެހިފައިވަނީ، މިއަދު މެންދުރުފަހު 2:45 ގައެވެ. ދަރިވަރުންގެ ތާއީދު ހޯދުމަށް މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ. ދަރިވަރުންގެ ވޯޓްލުން އޮންނާނީ، އަންނަ އާދީއްތަ ދުވަހުއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *