ރީޑިންގ ޕްރޮގްރާމްގެ ރިވެލި: ހިންގި ހަރަކާތްތަކާއި ނަތީޖާ

މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ބަޔާއި ގުޅޭ …

ދަރިވަރުގެ ކިބައިން ފާހަގަކުރެވުނު ކަންކަން

މި ރީޑިންގ ޕްރޮގްރާމް ކުރިޔަށް ގެންދިޔައިރު އެންމެ ބޮޑަށް ފާހަގަކުރެވުނީ އިންޓެންސިވް ރީޑިންގެ ހަރަކާތްތަކަށް ވުރެ ބޮޑަށް އެކްސްޓެންސިވް ރީޑިންގެ ހަރަކާތްތަކަށް ދަރިވަރުގެ ޝައުގުވެރިކަން ބޮޑުކަމެވެ. މީގެ އިތުރުން އެކަނި މަސައްކަތްކުރުމަށް ވުރެ ޕެއަރއެއްގެ ގޮތަށް މަސައްކަތްކުރަން ދަރިވަރު ޝައުގުވެރިވިކަމެވެ. އެކަން އެނގިގެންދިޔައީ ބަޑީ ރީޑިންގެ ޙަރަކާތުގެ ތެރެއިންނެވެ. މީގެ އިތުރުން އެ ދަރިވަރަކީ ކިޔެވުމަށް ޝައުގުވެރި ތޫނުފިލި ދަރިވަރެއް ނަމަވެސް އިންޓެންސިވް ރީޑިންގެ ޙަރަކާތުގެ ފުރަތަމަކޮޅު، ދިގު ލިޔުން ކިޔުއްވި ގަޑިއަކާއި ގިނަ މަސައްކަތް ހަވާލުކުރި ދުވަހެއްގައި، ދަރިވަރުގެ މޫނުމަތިން ފޫހިވެފައިވާ ކަމުގެ އަސަރުފާޅުވިއެވެ. އެހެން ނަމަވެސް އެކަން ނުދައްކައި، ފިލާވަޅު ނިންމުމަށް ހިތްވަރުކުރިތަން ފެނުނެވެ. އަދި ދުވަހެއް ދުވަހަކަށް ދަރިވަރުގެ ޝައުގުވެރިކަން އިތުރުވަމުން ދިޔަކަން ވެސް ފާހަގަކުރެވުނެވެ.

މި ޕްރޮގްރާމުގެ ސަބަބުން ދަރިވަރުގެ ކިޔުމުގެ ޤާބިލްކަން އިތުރުވިކަން ފާހަގަކުރެވުނެވެ. އިހުނަށްވުރެ ކިޔަން ފަރިތަވިއެވެ. ޝައުގުވެރިކަން އިތުރުވެ، ފޮނޮލޮޖިކަލް އެވެއަރނެސް އިތުރުވިއެވެ. ދޭހައިގެ ހުނަރު ބޮޑުތަނުން ކުރިއަރައި، އެންމެ ދަށް ކަމަށް ކުރިން ފާހަގަކުރެވުނު ޤާބިލިއްޔަތުކަމަށްވާ ބަސްކޮށާރު، ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑަށް މުއްސަނދިވިއެވެ.

މި ދެ އެޕްރޯޗް ބޭނުންކޮށްގެން ކުއްޖާގެ ކިޔުން ތަރައްޤީކުރި ގޮތް

އިންޓެންސިވް ރީޑިން އާއި އެކްސްޓެންސިވް ރީޑިންގެ ޙަރަކާތްތައް ބޭނުންކޮށްގެން ރޭވި ޙަރަކާތްތަކަކީ ދިވެހިރާއްޖޭގެ ޤައުމީ މަންހަޖު 2016 ގައި ދިވެހި މުޤައްރަރުގައި ހިމެނޭ މައިގަނޑު ސްޓްރޭންޑްތައް ކަމަށްވާ އަޑުއެހުމާއި ބެލުން، ވާހަކަދެއްކުން އަދި ލިޔުންތެރިކަމާ ގުޅޭ ގޮތަށް ކިޔުމުގެ ޤާބިލިއްޔަތުތައް ކަމަށްވާ ޝައުގުވެރިކަމާއި، ފަރިތަކަމާއި، ދޭހަވުމާއި، ފޮނޮލޮޖިކަލް އެވެއަރނެސް އަދި ބަސްކޮށާރު މުއްސަނދިކުރުމަށް ހިންގި ރީޑިންގ ޕްރޮގްރާމެކެވެ. މި ރީޑިންގ ޕްރޮގްރާމްގައި އެކްޓެންސިވް ރީޑިން ކުރިޔަށް ގެންދިއުމަށް 5 ވާހަކަ އަދި އިންޓެންސިވް ރީޑިން ކުރިޔަށް ގެންދިއުމަށް 5 ވާހަކައެއް ކުއްޖާ ލައްވާ ކިޔުއްވައި، އެ ވާހަކަތަކުން އިންޓެންސިވް ރީޑިންގެ 5 ޙަރަކާތާއި އެކްސްޓެންސިވް ރީޑިންގެ 5 ޙަރަކާތް ކުރިއަށް ގެންދެވުނެވެ. އެކްޓެންސިވްރީޑިންގެ އެކްޓިވިޓީގެ ގޮތުން ދެ ކުދިންނަށް ދެ ފޮތް ކިޔުމަށް ހަވާލުކުރުމަށްފަހު ދެ ފޮތުގެ ކޮންމެވެސް އެއް ބާބެއް ކިޔުމުން އެ ބާބުގައި ކަންވީގޮތް އެއް ކުއްޖަކު އަނެއް ކުއްޖަކަށް ކިޔަދީ ފޮތް ބަދަލުކޮށްގެން ކިޔަން ހަވާލުކުރުން ފަދަ ހަރަކާތްތަކުގެ ސަބަބުން ދަރިވަރުގެ ޝައުގުވެރިކަން އިތުރުވެ، ކިޔުމަށް ހިތްޖެހުނެވެ. ފޮނޮލޮޖިކަލް އެވެއަރނަސް އާއި ޑީކޯޑްކުރަން އެނގިފައި ނެތުމަކީ ދަރިވަރުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށް ބޯލް އަދި ބްލަކްމަން (1991) ވިދާޅުވެއެވެ. މި މައްސަލައަށް ރިޢާޔަތްކޮށް ފޮނޮލޮޖިކަލް އެވެއަރނެސް ލިބޭ ގޮތަށް މި ޕްރޮގްރާމްގެ ތެރޭގައި ވަޒަނަށް ފެތޭ ލަފުޒު ހޯދުން ފަދަ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެއިތުރުން ކުރީގައި އެނގިފައިވާ މަޢުލޫމާތާ ބެހޭ ގޮތުން ސުވާލުކޮށް އޮޅުންފިލުވުމަކީ ކިޔުމެއް ފަސޭހަކަމާއެކު ފަހުމުވުމާއި އެ މައުލޫމާތު ހަނދާނުގައި ހަރުލެއްވުމަށް ފަސޭހަވެގެންދާ ކަމެއް ކަމަށް އެންޑަސަން އަދި ޕިއާރސަން (1984) ވިދާޅުވެއެވެ. ކިޔަން މޮޅު ކުދިންނަށް ހެދުމަށް ތަފާތު އުކުޅުތަކާއި ހުނަރުތައް ކިޔުމުގެ ކުރިއާއި، ކިޔުމުގެ ތެރެއާއި، އަދި ކިޔައި ނިމުމަށްފަހު ވެސް ބޭނުންކުރެއެވެ. ކިޔަން ދަށްކުދިންނާއި ކިޔަން މޮޅު ކުދިންގެ ކިބައިން ފެންނަ އެންމެ ބޮޑު ތަފާތު ކަމަށް ޑޯލް އެޓް.އެލް (1991) ވިދާޅުވެއެވެ. ރީޑިންގ ޕްރޮގްރާމްގައި ބައެއް ޙަރަކާތްތައް ފަށަމުން އެނގިފައިވާ މަޢުލޫމާތު އޮޅުންފިލުވީ މި ސަބަބަށްޓަކައެވެ. ބަސް ކިޔަން އެނގުމާއި ބަހުގެ މާނަ އެނގުމާއި ދުނިޔޭގައި ހިނގާ ކަންކަމުގެ ތެރެއަށް ލޯ ހުޅުވުމަކީ ކިޔާ ލިޔުމެއް ދޭހަވުމަށް ބޭނުންތެރި އަސާސްތަކެކެވެ. މިކަންކަމަށް ރިޢާޔަތްކޮށް ރީޑިންގ ޕްރޮގްރާމުގައި ވަނީ ރޯލް ޕްލޭ ފަދަ ގިނަ ދުވަހަށް ހަނދާނުގައި ހުންނާނޭ ފަދަ ޙަތަކާތްތައް ކުރިޔަށް ގެންގޮސްފައެވެ. ދަރިވަރުގެ ޝައުގުވެރިކަން ދުވަހެއް ދުވަހަކަށް ބޮޑުވެގެން ދިޔައީ މިދެންނެވި ފަދަ ކިޔުމުގެ އުޅުތައް ބޭނުންކުރުމުން ކަމަށް ޤަބޫލުކުރެވެއެވެ.

ނިންމުން

މި ރިވެއްޔަކީ މާލޭގެ ސަރުކާރު މަދަރުސާއެއްގެ ގްރޭޑް 9 ގައި ކިޔަވަމުންދާ، ބަހާއި އަދަބަށް ލޯބިކުރާ، ކިޔުމުގެ ހުނަރު ހުރި، ތޫނުފިލި ދަރިވަރެއްގެ ކިޔުމުގެ ހުނަރު އިތުރަށް މުއްސަނދިކުރުމަށް އެކްސްޓެންސިވް ރީޑިން އާއި އިންޓެންސިވް ރީޑިންގެ ޙަރަކާތްތަކެއް ބޭނުންކޮށްގެން ހިންގި ރީޑިންގ ޕްރޮގްރާމެއްގެ ރިވެއްޔެވެ. މި ރީޑިންގ ޕްރޮގްރާމްގައި މި ދެ ވައްތަރުގެ އެޕްރޯޗު ހިމެނޭހެން ކޮންމެ ވައްތަރަކުން ދަރިވަރުލައްވައި 5 ވާހަކަ ކިޔުއްވިއެވެ. ކިޔުމުގެ ޤާބިލްކަން އިތުރުކުރުމަށް ހިންގި މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރު އިހުނަށްވުރެ ވެސް ބޮޑަށް ކިޔުމަށް ހިތްޖެހި، ކިޔުމުގެ ޤާބިލިއްޔަތުތައް ކަމަށްވާ ޝައުގުވެރިކަމާއި، ފަރިތަކަމާއި، ދޭހަވުމާއި، ފޮނޮލޮޖިކަލް އެވެއަރނެސް އާއި ބަސްކޮށާރު މުއްސަނދިވުމުގެ ޤާބިލްކަން ލިބި އިތުރަށް ކުރިއަރައިފައިވެއެވެ. އެހެންކަމުން މިފަދަ ޕްރޮގްރާމްތަކަކީ ވަރަށް ބޭނުންތެރި ޕްރޮގްރާމްތަކެއްކަން މިއޮތީ ހާމަވެ، ފެންނާށެވެ. މި ރީޑިންގ ޕްރޮގްރާމް ހިންގިފައި ވަނީ ދެ ހަފްތާގެ މުއްދަތަށް ކަމުން، މިއަށްވުރެ ދިގު މުއްދަތަކަށް މިފަދަ ޕްރޮގްރާމެއް ހިންގައިފިނަމަ މިއަށްވުރެ މާ ބޮޑު އަރުތައެއް ޙާޞިލްވުމުގެ ފުރުޞަތު އޮތް ކަމަށް ޤަބޫލުކުރެވެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *