ބެލެނިވެރިންނާއި މުދައްރިސުންގެ ބައްދަލުވުމުގެ ތެރެއިން... އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ބެލެނިވެރިންނާއި މުދައްރިސުންގެ ބައްދަލުވުންތައް ފަށައިފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ކުލާސްތަކުގެ ބެލެނިވެރިންނާއި މުދައްރިސުންގެ ބައްދަލުވުންތަކުގެ ތެރެއިން  ގްރޭޑް 7 އަދި 8 ގެ ދަރިވަރުންގެ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މިއަދު ހެނދުނު 7:30 ން 9:30 އަށް ބޭއްވުނީ  7 އަދި 8 ގެ ފިރިހެން ދަރިވަރުންގެ ބެލެނިވެރިންނާއި މުދައްރިސުންގެ ބައްދަލުވުމެވެ. 10:00 ން 12:00 އަށް އަންހެން ދަރިވަރުންގެ ބެލެނިވެރިންނާ މުދައްރިސުން ބައްދަލުކުރުންއޮތެވެ.

މި ބައްދަލުވުމުގެ ދަރިވަރުންގެ ކިޔެވުމާއި އަޚްލާގާއި ބެހޭ ގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދެވުނެވެ. އަދި ބެލެނިވެރިންގެ ފަރާތުން ދަރިވަރާބެހޭ މަޢުލޫމާތު އޮޅުންފިލުވުނެވެ.

ގްރޭޑް 9 އަދި 10ގެ ދަރިވަރުންގެ ބެލެނިވެރިންނާއި މުދައްރިސުންގެ ބައްދަލުވުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން 12.00 އަށެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *