އަޙްމަދިއްޔާ ޔޫކޭޖީ ދަރިވަރުން 2019 ވަނަ އަހަރު މާރުކޭޓަށްކުރި ޒިޔާރަތުގެ ތެރެއިން.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

އަޙްމަދިއްޔާ ގްރޭޑް އެކެއްގެ ދަރިވަރުންނަށް މައިދާނީ ދަތުރެއް ބާއްވައިފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ގްރޭޑް އެކެއްގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން މައިދާނީ ދަތުރެއް ބާއްވައިފިއެވެ. މި މައިދާނީ ދަތުރުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ ދަރިވަރުން މިހާރު ދިވެހި މާއްދާއިން ކިޔަވާ ޔުނިޓްގައި ހުރި ބައެއް ފިލާވަޅުތަކަށް ބޭނުންވާ މަޢުލޫމާތު ހޯދުމެވެ.

މިއަދު ހެނދުނު 7:00 ގައި ދަރިވަރުން މާރުކޭޓަށް ގޮސް އެތަނުގައި ވިއްކަން ހުންނަ ބައެއް މޭވާ އަދި ތަރުކާރީއާއި ބެހޭގޮތުން މައުލޫމާތު އެއްކުރިއެވެ. މީގެއިތުރުން ދަރިވަރުން ބޭނުންވާ މޭވާއެއް ނުވަތަ ތަރުކާރީއެއް ގަތުމުގެ ފުރުސަތުވެސް އޮތެވެ. އަދި މާރުކޭޓުގައި ވިއްކަން ހުރި ތަކެތީގެ ތެރެއިން  އެންމެ ބޮޑަށް ދަރިވަރުންނަށް ޚާއްޞަކޮށްފައިވަނީ ރާއްޖޭގައި ހައްދާ މޭވާއާއި ތަރުކާރީއެވެ. މީގެތެރެއިން ވެސް އެންމެ ބޮޑަށް ދަރިވަރުންނަށް މައުލޫމާތު ދީ ހަދާފައިވަނީ މޭވާއާއި ބެހޭ ގޮތުންނެވެ.

މި މައިދާނީ ދަތުރުގައި ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލާ އައިޝަތު ޝީތާ ބައިވެރިވެ ވަޑައިގަތެވެ. އަދި މީގެ އިތުރުން ގްރޭޑް އެކަކަށް ކިޔަވައިދެއްވާ ހުރިހާ ޓީޗަރުން ބައިވެރިވެލެއްވިއެވެ. މި މައިދާނީ ދަތުރުވެގެން ދިޔައީ ދަރިވަރުންނަށް ލިބުނު އާ ތަޖުރިބާއަކަށެވެ. މިފަދަ ކަންކަމަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ވަރަށް އިސްކަން ދޭކަންކަމެވެ. ދަރިވަރުންގެ ކިޔެވުމާއި ގުޅޭ އެކިކަހަލަ ކަންތައްތައް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި މިހާރުވެސް ދަނީ ރާވައި ހިންގަމުންނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *