އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މަތީ ސާނަވީތަޢުލީމް ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާ ބާއްވައިފިއެވެ. ރޭ 8:30 ގައި ބޭއްވި މި ހަފްލާގެ ޝަރަފްވެރި މެހްމާނަކީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ. ޙަފްލާގައި ސްކޫލްގެ ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުންނާއި ގްރޭޑް 12 އަށް ކިޔަވައިދެއްވި މުދައްރިސުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގްރޭޑް 12 ނިންމި ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ އެކި އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ސްކޫލްގެ ކުރީގެ ދަރިވަރުންކަމުގައިވާ، ހެޑް އޮފް ހުޅުމާލެ ޓްރެފިކް ޕޮލިސް ޑިޕާޓްމެންޓް، ޗީފް އިންސްޕެކްޓްރ ރަޖުނީ ޝުޢައިބު އާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަންސް ވިތު ޑިސެބިލިޓީސްގެ ޑިރެކްޓަރ ލީގަލް އެފެއާޒް އަލްއުސްތާޛު ޙުސައިން ރަމީޒާއި، ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ސިވިލް އިންޖީނިއަރ ޤިސްމަތު ޤާސިމްއާއި، މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ(މީރާ) ގެ ސީނިއަރ ޓެކްސް އޮފިސަރ، އިންޓެލިޖެންސް އެނޑް ރިވިއު ފާޠިމަތު ޝިފާއާއި، މެޑިކަލް އޮފިސަރ ޑރ. ޢައިޝަތު އިނާޔާ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ގެސްޕޯކްސް ޕާރސަން ދާނިޝް މުޙައްމަދު ނިޒާމެވެ.

މިރަސްމިއްޔާތުގައި ސްކޫލްގެ ގްރޭޑް 12 ގެ ދަރިވަރުންގެ ތެރެއިން ގަދަ 10 އަށް ހޮވުނު ދަރިވަރުންނަށް ހަނދާނީ ފިލާ ދިނުންވެސް އޮތެވެ. ހަނދާނީފިލާ ބައްސަވައިދެއްވީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ

ގްރޭޑް 12 ން 1 ވަނަ ދަރިވަރަކަށް ހޮވުނީ ގްރޭޑް 12 އެލްގެ މުޙައްމަދު ރަސަލް ތަސްލީމެވެ. 2 ވަނަ 12 ޖޭގެ ފާޠިމަތު މާޔާ ނަޞްރުﷲ އެވެ. 3 ވަނަ 12 އެލްގެ މުޙައްމަދު ހަމްދާން އަޙްމަދެވެ. 4 ވަނަ 12 އެލްގެ އަހުމަދު އަޝްއަމް އާދިލް އެވެ. 5 ވަނަ 12 ޖީގެ މުހައްމަދު އައިލަމް ހުސައިނެވެ. 6 ވަނަ 12 ކޭ ގެ ފާތިމަތު މިދުހާ އެވެ. 7 ވަނަ 12 ޖޭ ގެ ފާތިމަތު ޝަރާ އަހުމަދާއި 12 ޖޭގެ ނަފްހާ މޫސާ އެވެ. 8 ވަނަ 12 އެލް ގެ އަހުމަދު އަލާން އެވެ. 9 ވަނަ 12 ޖޭ ގެ މަރިޔަމް ޖޫނާ އެވެ. 10 ވަނަ 12 ބީ ގެ އައިޝަތު އާނާ ސައީދު އެވެ.

މިހަފްލާގައި ގްރޭޑް 11 ގެ ދަރިވަރުންގެ އައިޓަމެއްވެސް ކުރިއަށް ގެންދިޔައެވެ. މިރަސްމިއްޔާތުގައި ދަރިވަރުންގެ ފަރާތުން ވާހަކަދެއްކީ މަތީ ސާނަވީ ސްކޫލް ކެޕްޓަން މުޙައްމަދު އަޔާޝް ޢަލީ އެވެ. މިރޭގެ ޙަފްލާ ނިމުނީ ގައުމީ ސަލާމުންނެވެ.