ކެޕްޓަންކަމަށް ކުރިމަތިލި ދަރިވަރުންގެ ކެންޕޭން ނިންމާލައިފި

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސްޓޫޑެންޓް ކައުންސިލްގެ އެންމެ އިސް މަގާމް ތަކަށް ހޮވާ ދަރިވަރުންނަށް ތަޢާރަފް ވުމަށް ބާއްވާ އެންމެ ފަހު އެސެމްބްލީ މިއަދު ބާއްވައިފިއެވެ. މި އެސެމްބްލީގައި ގްރޭޑް 9،8،7 އަދި 10 ގެ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ.

މިއަދު ހެނދުނު 7 ޖެހިއިރު ސްކޫލްގެ މާލަމްގައި ބޭއްވި އެސެމްބްލީގައި ވޯޓްލުމުގެ ކަންތައް ކުރިއަށް ދާނެގޮތް އޮޅުން ފިލުވައިދެވުނެވެ. އަދި ދަރިވަރުންގެ އެންމެ އިސް މަގާމް ކަމުގައިވާ ސްކޫލް ކެޕްޓަން ކަމަށް ކުރިމަތިލާފައިވާ 9 ދަރިވަރުންނަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ދެވުނެވެ. އަދި އެ ދަރިވަރުން ތާއީދު ހޯދުމަށްޓަކައި ވަރަށް ފޯރީއާއި ޖޯޝާއެކު ވާހަކަދެއްކިއެވެ.

ކެޕްޓަން ކަމަށް ކުރިމަތިލި ބައެއް ދަރިވަރުން މިއަދުގެ އެސެމްބްލީގައި.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ކެޕްޓަން ކަމަށް ކުރިމަތިލީ ދަރިވަރުންނަކީ، ގްރޭޑް 10ޑީގެ ޝައިޚާން ޢަބްދުލް ފައްތާހު، 10ޑީގެ ޢަބްދުލް ސަލާމް، 10ބީގެ ސާރާ އަޙްމަދު ސަޢީދު، 10އޭގެ ޒަފާ މުޙައްމަދު، 10އީގެ މުޙައްމަދު ޒައިނުލްޢާބިދީން، 10ބީގެ އިޔާން ޢަލީ މޫސާ، 10ސީގެ އަމަތުﷲ ޝަރީފު، 10އެފްގެ އަޙްމަދު އަބާން، އަދި 10އޭގެ ޙައްވާ ރައިމް އަޙްމަދެވެ.

ކެޕްޓަން ކަމަށް ކުރިމަތިލި ބައެއް ދަރިވަރުން މިއަދުގެ އެސެމްބްލީގައި.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ކެޕްޓަން ކަމަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ކެޕްޓަން ކަމަށް ހޮވޭނީ އެންމެގިނަ ޕޮއިންޓް ލިބޭ ދަރިވަރެވެ. ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ލިބޭ ފިރިހެން ދަރިވަރާއި އަންހެން ދަރިވަރަށް ލިބޭނީ ސްކޫލްގެ ވައިސްކެޕްޓަން ކަމުގެ މަގާމެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތަކީ،  ކިޔެވުމަށް 30 އިންސައްތަ، ސީނިއަރ މެނޭޖްމެންޓް(އެސް އެމް ޓީ)ގެ އިންޓަވިޔު އަށް 30 އިންސައްތަ، އަދި ދަރިވަރުންގެ ވޯޓަށް 40 އިންސައްތަ އެވެ.

ވޯޓްލުން މިއަދު ހެނދުނު 8:15 އިން ފެށިގެން ކުރިއަށް އެބަދެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *