އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވަމުން އަންނަ ޕްރައިމަރީ އަދި ޕްރީ ސްކޫލްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ގެންދިޔަ ކުރެހުމުގެ މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުންނަށް ސްޓްފިކެޓް ދިނުން ބާއްވައިފިއެވެ. މިއަދު ހެނދުނު ސްކޫލްހޯލުގައި ބޭއްވި ޚާއްޞަ އެސެމްބްލީގައި ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް މޮނީޓަރު ބެޖު ހަވާލުކުރުމާއި، ކުރެހުމުގެ މުބާރާތުގައި ވާދަކުރި ދަރިވަރުންނަށް ސެޓްފިކެޓް ދިނުން އޮތެވެ.
މޮނީޓަރު ބެޖު އަލުން އާ ދަރިވަރުންތަކަކަށް މިއަދު ވަނީ ދީފައެވެ. ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން ކޮންމެ މަހެއް ނިމުމުން މޮނީޓަރު ބެޖު ބަދަލުކުރުން އޮވެއެވެ. މި ގޮތަށް ބެޖު ބަދަލުކުރުމުގެ މަޤުޞަދަކީ ގިނަ ދަރިވަރުންތަކަކަށް ބެޖު ލިބުމުގެ ފުރުސަތު ހޯދައި ދިނުމެވެ.
މިއަދު ހެނދުނު ބޭއްވުނު ޚާއްޞަ އެސެމްބްލީގައި އެންމެ މުހިންމު އެއް ކަމަކަށް އޮތީ މި ދިޔަމަހު ސްކޫލުގައި ބޭއްވި ކުރެހުމުގެ މުބާރާތުގައި ވާދަކުރި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ފަސް ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކުރުމެވެ. މި މުބާރާތުގައި ވާދަކުރި ކޮންމެ ކްލާހަކުން ވެސް އެންމެ މޮޅު ފަސް ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ދީފައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތީ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދާއި ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލާ ޢައިޝަތު ޝީތާއެވެ. މީގެ އިތުރުން ކްލާސް ޓީޗަރުންވެސް ބައިވެރިވެލެއްވިއެވެ. މިފަދަ އެތައް ކަމެއް މި ވޭތުވެދިޔަ ހަފުތާގައި ސްކޫލުގައި ބޭއްވުނެވެ. މި ކުރިއަށް ދާ ހަފުތާގައި ވެސް މިހާރުވަނީ ބައެއް ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.