ސާނަވީ ސްކޫލް ކެޕްޓަންގެ މަގާމަށް އިޔާން ޢަލީ މޫސާ

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ސްކޫލް ކެޕްޓަން ކަމުގެ މަގާމަށް ގްރޭޑް 10 ބީ ގެ އިޔާން ޢަލީމޫސާ ހޮވިއްޖެއެވެ. މިކަން އިޢުލާން ކުރެވުނީ މިއަދު 9:00 ގައި ބޭއްވި ޚާއްޞަ އެސެމްބްލީގައެވެ. މަގާމަށް ހޮވުނު ދަރިވަރުންގެ ނަންތައް އިޢުލާން ކޮށްދެއްވީ އަޙްމަދިއްޔާގެ އިންތިޚާބުގެ ކަންތައް ބަލަހައްޓަވާ ކޮމިޝަނަރ ހެޑް ލީޑިންގ ޓީޗަރ އަޙްމަދު ޢަރީފެވެ. އިޔާން ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ 8 ދަރިވަރުންނާއި ވާދަކޮށް 59.64 އިންސައްތަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައާއި 3 ވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ސްކޫލްގެ ޑެޕިޔުޓީ ކެޕްޓަންނަށް ހޮވުނީ، 10ޑީގެ ޢަބްދުލް ސަލާމާއި  10 އޭގެ ޙައްވާ ރައިމް އަޙްމަދެވެ. ޢަބްދުއްސަލާމަށް ލިބުނީ 58.58 އިންސައްތަ އެވެ. ރައިމް އަށް ލިބުނީ، 50.15 އިންސައްތައެވެ.

އަޙްމަދިއްޔާ ސާނަވީ ކެޕްޓަންކަމާއި ވައިސް ކެޕްޓަން ކަމަށް ހޮވުނު ދަރިވަރުން.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މީގެ އިތުރަށް ކެޕްޓަން ކަމަށް ވާދަކުރި ދަރިވަރުންނަށް ޕޮއިންޓް ލިބުނު ގޮތަކީ، 10 އީގެ މުޙައްމަދު ޒައިނުލްޢާބިދީން 50.66 ޕޮއިންޓް، 10 ބީގެ ސާރާ އަޙްމަދު ސަޢީދު 50.11 ޕޮއިންޓް، 10 އެފްގެ އަޙްމަދު އަބާން 46.93 ޕޮއިންޓް، 10 އޭގެ ޒަފާ މުޙައްމަދު، 46.76 ޕޮއިންޓް، 10 ސީގެ އަމަތުﷲ ޝަރީފު 39.66 ޕޮއިންޓް، 10 ޑީގެ ޝައިޚާން ޢަބްދުލް ފައްތާހު 32.62 ޕޮއިންޓެވެ.

ކެޕްޓަން ކަމަށް ކުރިމަތިލި ދަރިވަރުންނަށް ޕޮއިންޓް ދީފައިވާ ގޮތަކީ، ކިޔެވުމަށް 30 އިންސައްތަ، ސީނިއަރ މެނޭޖްމެންޓް(އެސް އެމް ޓީ)ގެ އިންޓަވިޔު އަށް 30 އިންސައްތަ، އަދި ދަރިވަރުންގެ ވޯޓަށް 40 އިންސައްތަ އެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *