އަޙްމަދިއްޔާ ސްޓޫޑެންޓް ކައުންސިލްގެ އިސް މަގާމްތަކަށް ދަރިވަރުން ހޮވައިފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސްޓޫޑެންޓް ކައުންސިލްގެ އިސް މަގާމްތަކަށް ދަރިވަރުން ހޮވައިފިއެވެ. މިއަދު ހެނދުނު 9:00 ގައި އަޙްމަދިއްޔާ މާލަމްގައި ބޭއްވި ޚާއްޞަ އެސެމްބްލީގައި ސްކޫލް މަގާމަށް ހޮވުނު ދަރިވަރުންގެ ނަންތައް އިޢުލާން ކޮށްދެއްވީ އަޙްމަދިއްޔާގެ އިންތިޚާބުގެ ކަންތައް ބަލަހައްޓަވާ ކޮމިޝަނަރ ހެޑް ލީޑިންގ ޓީޗަރ އަޙްމަދު ޢަރީފެވެ. ސްކޫލް ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ، 10 ބީގެ އިޔާން ޢަލީ މޫސާއެވެ. ޑެޕިޔުޓީ ކެޕްޓަންނަށް ހޮވުނީ، 10ޑީގެ ޢަބްދުލް ސަލާމާއި 10 އޭގެ ޙައްވާ ރައިމް އަޙްމަދެވެ.

އަޙްމަދިއްޔާ ސްޓޫޑެންޓް ކައުންސިލްގެ އިސްމަގާމްތަކަށް ހޮވުނު ބައެއް ދަރިވަރުން.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ގޭމްސް ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ، 10އީގެ މާދިހު އިބްރާހީމެވެ. އިނގިރޭސި ޖަމްޢިއްޔާ އޭލާގެ ރައީސަކަށް ހޮވުނީ، 10 އެފް ގެ އަޙްމަދު މުޒުދާން ފަޔާޒެވެ. ދިވެހި އަދަބީ ޖަމްޢިއްޔާ ހިޔާ ގެ ރައީސާ އަކަށް ހޮވުނީ، 10ސީ ގެ އާމިނަތު މަނާލް މަސްޢޫދެވެ. ތިމާވެށްޓާބެހޭ ކުލަބްގެ ރައީސާ އަކަށް ހޮވުނީ، 10ބީގެ ޝައިނާ އާދަމެވެ. ހިއުމަން ރައިޓްސް ކްލަބް ރައީސާ އަކަށް ހޮވުނީ، 10ބީގެ އާމިނަތު އައިލީން ޢާމިރެވެ. ސައިންސް ކްލަބް ރައީސާ އަކަށް ހޮވުނީ 10ބީ ގެ ޢައިޝަތު ބިންތި ޝުޖާޢެވެ. މީޑިއާ ކްލަބް ރައީސާއަކަށް ހޮވުނީ، 10ޑީގެ ޝާއިހާން ޢަބްދުލް ފައްތާޙެވެ. ބިޒިނަސް ކްލަބް ޕްރެޒިޑެންޓަކަށް ހޮވުނީ 10ސީގެ އަމަތުﷲ ޝަރީފެވެ.

އަޙްމަދިއްޔާ ސްޓޫޑެންޓް ކައުންސިލްގެ އިސްމަގާމްތަކަށް ހޮވުނު ބައެއް ދަރިވަރުން.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މީގެ އިތުރުން ޗާންދަނީ ހައުސްގެ ކެޕްޓަނަކަށް ހޮވުނީ 10 އެފްގެ އަޙްމަދު އަބާން އެވެ. ހުވަނދުމާ ހައުސްގެ ކެޕްޓަނަކަށް ހޮވުނީ 10ބީގެ ސާރާ އަޙްމަދު ސަޢީދެވެ. ޖަނަވަރީ ހައުސްގެ ކެޕްޓަނަކަށް ހޮވުނީ 10ބީގެ އިބާ އިބްރާހީމެވެ. ކާމިނީ ހައުސްގެ ކެޕްޓަނަކަށް ހޮވުނީ 10އީގެ ޒައިނުލް ޢާބިދީން އެވެ.

ކެޕްޓަން ކަމަށް ކުރިމަތިލި ދަރިވަރުންނަށް ޕޮއިންޓް ދީފައިވާ ގޮތަކީ، ކިޔެވުމަށް 30 އިންސައްތަ، ސީނިއަރ މެނޭޖްމެންޓް(އެސް އެމް ޓީ)ގެ އިންޓަވިޔު އަށް 30 އިންސައްތަ، އަދި ދަރިވަރުންގެ ވޯޓަށް 40 އިންސައްތަ އެވެ. އެހެން މަގާމް ތަކަށް ކުރިމަތިލީ ދަރިވަރުންނަށް ޕޮއިންޓް ދީފައިވާ ގޮތަކީ، ކިޔެވުމަށް 40 އިންސައްތަ އަދި ދަރިވަރުންގެ ވޯޓަށް 60 އިންސައްތަ އެވެ. ދަރިވަރުންގެ ވޯޓްލުން ބޭއްވުނީ މިދިޔަ އަދީއްތަ ދުވަހުއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *