މަތީ ސާނަވީ ކެޕްޓަން ކަމަށް ކުރިމަތިލީ ދަރިވަރުން.. އަޙްމަދިއްޔާ ފޮޓޯ/ ހަރުޝާ

މަތީ ސާނަވީ ސްކޫލްކެޕްޓަން ކަމަށް 10 ދަރިވަރުން ކުރިމަތިލައިފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ސްކޫލް ކެޕްޓަންކަމަށް 10 ދަރިވަރުން ކުރިމަތިލައިފިއެވެ.

ކެޕްޓަން ކަމަށް ކުރިމަތިލީ ދަރިވަރުންނަކީ، ގްރޭޑް 12އެޗްގެ ޢައިޝަތު ޔަޝްމީ މުޙައްމަދު، 12އީގެ މިލަން. ކޭ. މަނޯޖް، 12ކޭގެ މުޙައްމަދު ސާއީ މުބާރިކް، 12އެފްގެ މުޙައްމަދު ޖުމާން، 12ޖޭގެ ޢައިޝަތު ޒުހާ ޝާހު، 12އެފްގެ އާދަމް ސަހަފް ނަސީމް، 12އެލްގެ އަމީން އަޙްމަދުޝަރީފު، 12އޭގެ އާމިނަތު ޔުނާލް ޙުސައިން، 12ޖީގެ ފާއިން ފަރުހާދު އަދި 12ސީގެ ފާޠިމަތު ޝާހާ ޙުސައިނެވެ.

ކެޕްޓަން ކަމަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ކެޕްޓަން ކަމަށް ހޮވޭނީ އެންމެގިނަ ޕޮއިންޓް ލިބޭ ދަރިވަރެވެ. ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ލިބޭ ފިރިހެން ދަރިވަރާއި އަންހެން ދަރިވަރަށް ލިބޭނީ ސްކޫލްގެ ވައިސްކެޕްޓަން ކަމުގެ މަގާމެވެ.

ކެޕްޓަން ކަމަށް ކުރިމަތިލި ދަރިވަރުންނަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތަކީ،  ކިޔެވުމަށް 30 އިންސައްތަ، ސީނިއަރ މެނޭޖްމެންޓް(އެސް އެމް ޓީ)ގެ އިންޓަވިޔު އަށް 30 އިންސައްތަ، އަދި ދަރިވަރުންގެ ވޯޓަށް 40 އިންސައްތަ އެވެ.

ކެޕްޓަންކަމުގެ މަގާމަށް ކުރިމަތިލީ ދަރިވަރުންގެ އިތުރަށް އަޙްމަދިއްޔާ ސްޓޫޑެންޓް ކައުންސިލް މަތީސާނަވީގެ އިސް މަގާމްތަކަށް 21 ދަރިވަރަކު ވަނީ ކުރިމަތިލާފައެވެ. އެމަގާމްތަކަކީ، ގޭމްސް ކެޕްޓަން ކަމާއި، އިނގިރޭސި ޖަމްޢިއްޔާ އޭލާ ގެ ރައީސް ކަމާއި، ދިވެހި ޖަމްޢިއްޔާ ހިޔާ ގެ ރައީސް ކަމާއި، ހަތަރު ހައުސް ކަމަށްވާ ޖަނަވަރީ ހައުސާއި، ކާމިނީ ހައުސާއި، ހުވަނދުމާ ހައުސާއި، ޗާންދަނީ ހައުސް ގެ ކެޕްޓަން ކަމާއި، ކުލަބް ތަކާއި ޖަމްޢިއްޔާ ތަކުގެ ރައީސް ކަމުގެ މަގާމެވެ.

ދަރިވަރުންގެ ތާއީދު ހޯދުމަށް މިއަދުން ފެށިގެން އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށް ކެމްޕޭން ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ތާއީދު ހޯދުމުގެ އެންމެ ފަހު އެސެމްބްލީ އޮންނާނީ 10 ނޮވެމްބަރ 2021 ވާ ބުދަދުވަހުއެވެ. އެސެމްބްލީއަށްފަހު ވޯޓްލުމުގެ ކަންތައް ކުރިއަށް ގެންދެވޭނެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *