ލިޓްލްމެއިޑްސް އައުޓިންއަށް ހުޅުމާލެއަށް ޒިޔާރަތްކޮށްފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް ފަހެއް އަދި ހައެއްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ލިޓްލްމެއިޑްސްގައި އުޅޭ ދަރިވަރުން މިއަދު ހުޅުމާލެއަށް އައުޓިންއަށް ގޮސްފިއެވެ. މި އައުޓިންގައި ވަރަށް ގިނަ ދަރިވަރުން ބައިވެރިވިއެވެ. މި އައުޓިންއަކީ މިއަދު ހެދުނު 6:30 ން 8:30 އަށް ބޭއްވުނު އައުޓިންއެކެވެ.

މިއީ ލިޓްލްމެއިޑްސް ކުދިންނަށް މިއަހަރު ބޭއްވުނު ފުރަތަމަ އައުޓިންއެވެ. އަދި މިއަދުގެ އައުޓިން ވެގެންދިޔައީ ލިޓްމެއިޑްސްއަށް ގިނަ ހަރަކާތްތަކެއް ބޭއްވުނު އައުޓިން އަކަށެވެ. ތަފާތު ވައްތަރުގެ އެކިއެކި މަޖާ ގޭމްތަކާއި އެކްޓިވިޓީތައް މިއަދުގެ އައުޓިންގައި ކުރިއަށް ގެންދެވުނެވެ. އޭގެތެރޭގައި ގޮނޑުދޮށުން ފެންނަތަކެތި އެކްސްޕްލޯރކޮށްގެން އެތަކެތި ބޭނުންކޮށްގެން ތަފާތުތަކެތި ތައްޔާރުކުރުން އޮތެވެ. މީގެއިތުރުން ފުއްޕާހަމަށް ފެންއަޅައިގެން އެ ފަޅާނުލައި އެންމެ ގިނަ ފުއްޕާހަން އެއްކުރެވޭ ޓީމެއް ހޮވުންވެސް އޮތެވެ. އަދި ބޯމަތިން ފެންތަށި ޕާސްކޮށް އެންމެ ގިނަ ފެން އެއްކުރެވޭ ޓީމެއް ހޮވުންއޮތެވެ. މިއިން ކޮންމެ ގޭމެއްވެސް ކުރިއަށް ގެންދިޔައީ ވަރަށް ޖޯޝާއި ފޯރީގައި ވާދަވެރި ކަމާއެކުއެވެ. އަދި މިގޭމްތަކުގައި ބައިވެރިވީ ވަކިވަކި ޕެކުތަކުން ކޮންމެ ޕެކަކުން ހަތަރު ޓީމެވެ.

ލިޓްލްމެއިޑްސްގެ މިފަދަ އައުޓިންތަކަކީ ވަރަށް މަޖާ އެހާމެ ކާމިޔާބު އައުޓީންތަކެކެވެ. ކޮންމެ އަހަރަކުވެސް ލިޓްލްމެއިޑްސްއަށް ބާއްވާ މިފަދަ އައުޓިންތައް ބާއްވަނީ ތަފާތު ތަންތާގައެވެ. މިއަދު މި ބޭއްވުނު އައުޓިންއަކީ ލިޓްލްމެއިޑްސް ދަރިވަރުންނަށް މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު އެއް އައުޓިންއެވެ.  ކޮންމެ އަހަރަކުވެސް އާ ކަންތައްތަކަކާއެކު އާ ތަންތަނަށް އައުޓިން ގެންދިއުމަކީ ލިޓްލްމެއިޑްސް ހިންގަވަން ތިއްބަވާ ޓީޗަރުންގެ ވަރަށް ބޮޑު އުއްމީދެކެވެ. މިއަދު މި ބޭއްވުނު ލިޓްލްމެއިޑްސް އައުޓިންގައި ވަރަށް ގިނަ ޓީޗަރުންނާއި ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އައިޝަތު ޝީތާ ބައިވެރިވެ ވަޑައިގަތެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *