އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ސްކޫލް ކެޕްޓަން ކަމުގެ މަގާމަށް ގްރޭޑް 12ޖޭގެ ޢައިޝަތު ޒުހާ ޝާހު ހޮވިއްޖެއެވެ. މިކަން އިޢުލާން ކުރެވުނީ މިއަދު މެންދުރުފަހު 2:45 ގައި ބޭއްވި ޚާއްޞަ އެސެމްބްލީގައެވެ. މަގާމަށް ހޮވުނު ދަރިވަރުންގެ ނަންތައް އިޢުލާން ކޮށްދެއްވީ އަޙްމަދިއްޔާ މަތީ ސާނަވީގެ އިންތިޚާބުގެ ކަންތައް ބަލަހައްޓަވާ ކޮމިޝަނަރ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙެވެ. ޒުހާ ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ 9 ދަރިވަރުންނާއި ވާދަކޮށް 62.63 އިންސައްތަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައާއި 3 ވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ސްކޫލްގެ ޑެޕިޔުޓީ ކެޕްޓަން އަށް ހޮވުނީ، 12ސީގެ ފާޠިމަތު ޝާހާ ޙުސައިނާއި 12 އެފްގެ މުޙައްމަދު ޖުމާން އެވެ ޝާހާ އަށް ލިބުނީ 55.15 އިންސައްތަ އެވެ. ޖުމާން އަށް ލިބުނީ، 47.45 އިންސައްތައެވެ.

މީގެ އިތުރަށް މަތީސާނަވީކެޕްޓަން ކަމަށް ވާދަކުރި ދަރިވަރުންނަށް ޕޮއިންޓް ލިބުނު ގޮތަކީ، 12އޭގެ އާމިނަތު ޔުނާލް ޙުސައިން، 50.16 ޕޮއިންޓް، 12އީގެ މިލަން. ކޭ. މަނޯޖް،46.71 ޕޮއިންޓް، 12އެޗްގެ ޢައިޝަތު ޔަޝްމީ މުޙައްމަދު، 43.97 ޕޮއިންޓް، 12އެލްގެ އަމީން އަޙްމަދުޝަރީފު، 43.29 ޕޮއިންޓް، 12ކޭގެ މުޙައްމަދު ސާއީ މުބާރިކް، 43.19 ޕޮއިންޓް، 12އެފްގެ އާދަމް ސަހަފް ނަސީމް، 42.72 ޕޮއިންޓް އަދި 12ޖީގެ ފާއިން ފަރުހާދު 42.10 ޕޮއިންޓެވެ.
ކެޕްޓަން ކަމަށް ކުރިމަތިލި ދަރިވަރުންނަށް ޕޮއިންޓް ދީފައިވާ ގޮތަކީ، ކިޔެވުމަށް 30 އިންސައްތަ، ސީނިއަރ މެނޭޖްމެންޓް(އެސް އެމް ޓީ)ގެ އިންޓަވިޔު އަށް 30 އިންސައްތަ، އަދި ދަރިވަރުންގެ ވޯޓަށް 40 އިންސައްތަ އެވެ.