އަޙްމަދިއްޔާ ސްޓޫޑެންޓް ކައުންސިލް މަތީ ސާނަވީގެ އިސް މަގާމްތަކަށް ދަރިވަރުން ހޮވައިފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސްޓޫޑެންޓް ކައުންސިލް މަތީ ސާނަވީގެ އިސް މަގާމްތަކަށް ދަރިވަރުން ހޮވައިފިއެވެ. މިއަދު މެންދުރުފަހު 2:45 ގައި އަޙްމަދިއްޔާ މާލަމްގައި ބޭއްވި ޚާއްޞަ އެސެމްބްލީގައި ސްކޫލް މަގާމަށް ހޮވުނު ދަރިވަރުންގެ ނަންތައް އިޢުލާން ކޮށްދެއްވީ އަޙްމަދިއްޔާގެ އިންތިޚާބުގެ ކަންތައް ބަލަހައްޓަވާ ކޮމިޝަނަރ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙެވެ. ސްކޫލް ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ، ގްރޭޑް 12ޖޭގެ ޢައިޝަތު ޒުހާ ޝާހުއެވެ. ސްކޫލްގެ ޑެޕިޔުޓީ ކެޕްޓަން އަށް ހޮވުނީ، 12ސީގެ ފާޠިމަތު ޝާހާ ޙުސައިނާއި 12 އެފްގެ މުޙައްމަދު ޖުމާން އެވެ

ސްކޫލް ކެޕްޓަން ކަމާއި ވައިސް ކެޕްޓަން ކަމަށް ހޮވުނު ދަރިވަރުން.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ގޭމްސް ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ، 12 އެޗްގެ އުލާ ޢަލީއެވެ. އިނގިރޭސި ޖަމްޢިއްޔާ އޭލާގެ ރައީސާއަކަށް ހޮވުނީ، 12ބީގެ ޝާހާ މުޖުތަބާ އެވެ. ދިވެހި އަދަބީ ޖަމްޢިއްޔާ ހިޔާ ގެ ރައީސް އަކަށް ހޮވުނީ، 12ކޭ ގެ ޖަޒްލާން އިސްމާޢީލެވެ. ތިމާވެށްޓާބެހޭ ކުލަބްގެ ރައީސް އަކަށް ހޮވުނީ، 12ކޭގެ މުޙައްމަދު ސާއީ މުބާރަކް އެވެ. ހިއުމަން ރައިޓްސް ކްލަބް ރައީސް އަކަށް ހޮވުނީ، 12 އެލްގެ އަމީން އަޙްމަދު ޝަރީފެވެ. ސައިންސް ކްލަބް ރައީސާ އަކަށް ހޮވުނީ 12 އޭ ގެ މަރިޔަމް ރީމާ އަމްޖަދެވެ. މީޑިއާ ކްލަބް ރައީސާއަކަށް ހޮވުނީ، 12ސީގެ ޝައިހާ އަޙްމަދެވެ. ޤުރުއާން ކްލަބްގެ ރައީސަކަށް ހޮވުނީ 12ޖީގެ ފާއިން ފަރުހާދެވެ. ބިޒިނަސް ކްލަބް ރައީސާއަކަށް ހޮވުނީ 12ޖޭގެ މަރިޔަމް ނީމްއެވެ.

ނަތީޖާ އިޢުލާން ކުރުމަށް މިއަދު ބޭއްވި އެސެމްބްލީގެ ތެރެއިން.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މީގެ އިތުރުން ޗާންދަނީ ހައުސްގެ ކެޕްޓަނަކަށް ހޮވުނީ 12އޭގެ އާމިނަތު ޔުނާލް ޙުސައިނެވެ. ހުވަނދުމާ ހައުސްގެ ކެޕްޓަނަކަށް ހޮވުނީ 12އީގެ ޔޫސުފް ނާއިލް ޢަބްދުލްވާޙިދެވެ. ޖަނަވަރީ ހައުސްގެ ކެޕްޓަނަކަށް ހޮވުނީ 12 އޭގެ އާމިނަތު ޝައިޚާ ޙަސަނެވެ. ކާމިނީ ހައުސްގެ ކެޕްޓަނަކަށް ހޮވުނީ 12އެފްގެ އާދަމް ސަހަފް ނަސީމެވެ.

ކެޕްޓަން ކަމަށް ކުރިމަތިލި ދަރިވަރުންނަށް ޕޮއިންޓް ދީފައިވާ ގޮތަކީ، ކިޔެވުމަށް 30 އިންސައްތަ، ސީނިއަރ މެނޭޖްމެންޓް(އެސް އެމް ޓީ)ގެ އިންޓަވިޔު އަށް 30 އިންސައްތަ، އަދި ދަރިވަރުންގެ ވޯޓަށް 40 އިންސައްތަ އެވެ. އެހެން މަގާމް ތަކަށް ކުރިމަތިލީ ދަރިވަރުންނަށް ޕޮއިންޓް ދީފައިވާ ގޮތަކީ، ކިޔެވުމަށް 40 އިންސައްތަ އަދި ދަރިވަރުންގެ ވޯޓަށް 60 އިންސައްތަ އެވެ. ދަރިވަރުންގެ ވޯޓްލުން ބޭއްވުނީ މިދިޔަ ބުދަ ދުވަހުއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *