2019 ވަނަ އަހަރުގެ އޯލެވެލް އިމްތިހާން ގެ ގަދަ 10 ގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ 50 ދަރިވަރުން ހިމެނިއްޖެއެވެ. މިއީ، މުޅި ރާއްޖެއިންވެސް އެންމެ ގިނަ ދަރިވަރުން އޯލެވެލް ގަދަ 10 ގައި ހިމެނުނު ސްކޫލެވެ. އެ ދަރިވަރުންނަށް އެވޯޑު ދިނީ، އަމީނިއްޔާ ސްކޫލުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ރާއްޖެ އާއި ދުނިޔެ އިން އެއްވަނައިގައި ހިމެނުނު ދަރިވަރުންނަށް މެޑަލް އާއި އެވޯޑު ހަވާލު ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ރާއްޖޭގެ ގަދަ 10 ގައި އަޙްމަދިއްޔާގެ 50 ދަރިވަރުން ހިމެނުނު އިރު އެކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 އަށް އަޙްމަދިއްޔާގެ 4 ދަރިވަރަކުވަނީ ހޮވިފައެވެ. އެއީ ރީއާ ޙުސައިން ފިރާޒު 10 ސީ (ބިޒިނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 1 ވަނަ އަދި އިންގްލިޝް އޭސް އަ ސެކްންޑް ލޭންގްއޭޖް އިން މުޅި ދުނިޔެއިން 10 ވަނަ)، އަހްލާ ޢަލީ 10 ސީ (އެކައުންޓިންގ އިން މުޅި ދުނިޔެއިން 6 ވަނަ )، އަދި ފާޠިމަތު ޝާހާ ޙުސައިން 10 އޭ (އެކައުންޓިންގ އިން މުޅި ދުނިޔެއިން 6 ވަނަ ) އެވެ.

މީގެ އިތުރަށް ފާޠިމަތު ޝާހާ ޙުސައިން ވަނީ އެކައުންޓިންގ އިން މުޅި ރާއްޖެއިން 1 ވަނަ ހޯދާފައެވެ. އަހްލާ ޢަލީ ވެސް ވަނީ އެކައުންޓިންގ އިން މުޅި ރާއްޖެއިން 1 ވަނަ ހޯދާފައެވެ. ރީއާ ޙުސައިން ފިރާޒު ވަނީ ބިޒިނަސް ސްޓަޑީޒް އިންނާއި އިންގްލިޝް އޭސް އަ ސެކްންޑް ލޭންގްއޭޖް އިން މުޅި ރާއްޖެއިން 1 ވަނަ ހޯދާފައެވެ. އަޙްމަދު ސާމް ޢަބްދުﷲ ނާފިޒު 10 ޑީ އިސްލާމުން މުޅި ރާއްޖެއިންވެސް 1 ވަނަ ހޯދިއިރު އައިނީ އިބްރާހީމް މަނިކު 10 އޭ ވަނީ ހިސާބުން މުޅި ރާއްޖެއިންވެސް 1 ވަނަ ހޯދާފައެވެ.

ރާއްޖޭގެ ގަދަ 10 ގެ 1 ވަނާ ގައި މުޅި ރާއްޖެއިން 10 ދަރިވަރުން ހިމެނުނު އިރު އަހްމަދިއްޔާގެ 3 ދަރިވަރަކު ވަނީ ހިމެނިފައެވެ. މިއީމުޅި ރާއްޖެއިން ވެސް 1 ވަނާގައި އެންމެ ގިނަ ދަރިވަރުން ހިމެނުނު ސްކޫލެވެ. 1 ވަނަ ހާޞިލްކުރި ދަރިވަރުންނަކީ، 10 އޭގެ ޢައިޝަތު ޝައިބާން އާއި، ފާޠިމަތު ޝައިޚާ ޙުސައިނާއި، މަރިޔަމް ލައިސާ ޙުސައިން ޙަމީދެވެ.

ގަދަ 10 ގެ 2 ވަނަ ޙާޞިލްކޮށްފައިވަނީ 3 ދަރިވަރެކެވެ. އެއީ، 10 ސީގެ އަހްލާ ޢަލީއާއި، ޙައްވާ ލަޔާން ލިރާރުއާއި، ރީއާ ޙުސައިން ފިރާޒެވެ.

3 ވަނައަށް ދިޔައީ 4 ދަރިވަރުންނެވެ. އެއީ، 10 އޭގެ އައިނީ އިބްރާހީމް މަނިކާއި ފާޠިމަތު ރަފާ ޞާލިޙާއި 10 ސީގެ ޢައިޝަތު ޝައްފާފު ސަޢީދާއި 10ޑީގެ ޢަލީ އިޝާން އިޙުސާނެވެ.
3 Responses
ސާބަހޭ އަޙްމަދިއްޔާ. މުޅި ރާއްޖެއިން 1 ވަނަ އަބަދުވެސް.
ހުރިހާ ކުދިންނަށް މަރުހަބާ!!! ގަދަ!
މަރުހަބާ ޕްރިންސިޕަލް. މަރުހަބާ ދަރިވަރުން. މަރުހަބާ ޓީޗަރުން. އަހުމަދިއްޔާ ހަމަ ބެސްޓް