ބުރާސްފަތި, 17 އޭޕްރިލް 2025

ޕްރީސްކޫލް ދަރިވަރުން ކިޔަވަމުން ގެންދާ ތީމާއި ގުޅޭ ދާއިރާގެ މަސައްކަތްތައް ބާއްވައިފި!

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރީ ސްކޫލްދަރިވަރުން ގެ ތެރެއިން އެލް.ކޭ.ޖީ، އަދި ޔޫ.ކޭ.ޖީ ދަރިވަރުން ސޯޝަލް ސްޓަޑީޒް މާއްދާއިން ކިޔަވަމުންގެންދާ ތީމާ ގުޅޭ މަސައްކަތްތައް އެއްތަނަކުން ފެންނާނެ ގޮތަށް ހަރަކާތްތަކެއް ސްކޫލްގެ މާލަމުގައާއި، ސްކޫލްގެ ގޯތިތެރޭގައި ބާއްވައިފިއެވެ.

މިއަދު މި ބޭއްވުނު ހަރަކާތުގެ މަޤުޞަދަކީ ދަރިވަރުން ކިޔަވާ އެއްޗެއް އެ ދަރިވަރުންގެ ޅަހިތްތަކުގައި އަށަގެންނެވުމަށްޓަކައި އަމަލީގޮތުން ދަރިވަރުން ބައިވެރިކުރުމެވެ. މި ހަރަކާތަކީ ސޯޝަލްސްޓަޑީޒް މާއްދާގައި އެ ދަރިވަރުން މިހާރު ކިޔަވަމުން ދާ ތީމަކީ "ކޮމިޔުނިޓީ ހެލްޕާސް " ކަމަށް ވާތީ ތަފާތު ދާއިރާ ތަކުގައި މަސައްކަތްކުރާ ބޭފުޅުންގެ މަސައްކަތްތައް އެއްތާކުން ފެންނާނެގޮތް ހެދުމެވެ. އަދި މީގެ އިތުރުން އަމަލީގޮތުން ދަރިވަރުން މަސައްކަތްތަކުގައި ބައިވެރި ކުރުމެވެ.

މި ހަރަކާތްތައް ވީ ދަރިވަރުންނަށް ވަރަށް މަޤުބޫލު ހަރަކާތްތަކަށެވެ. އެގޮތުން ދަރިވަރުން އެކިއެކި މަސައްކަތްކުރާ މަސައްކަތްތެރީންގެ ޔުނީފޯމުލައިގެން އައިސް އެކިއެކި މަސައްކަތް ކުރުންއޮތެވެ. ސްކޫލްގެ މާލަމުގައި ތަފާތު ސްޓޯލުތައް ހަދައިގެން ތަފާތު މަސައްކަތް ތަކުގައި ދަރިވަރުން ބައިވެރިވެ ކޮންމެ ސްޓޯލެއްގައި ކުރާ މަސައްކަތެއް ނިމުމުން ދަރިވަރުންނަށް ބެޖެއްދިނުން އޮތެވެ. މިގޮތަށް އެކި ސްޓޯލްތަކަށް ޒިޔާރަތްކޮށް އެ ސްޓޯލެއްގައި ކުރާ މަސައްކަތެއްގައި ބައިވެރިވިކަން އަންގައި ދިނުމަށް ކޮންމެ ސްޓޯލަކުން ބެޖެއް ތައްޔާރުކޮށްފައިވެއެވެ. ސްޓޯލްތަކުގެ ތެރޭގައި ބޯކޮށާ ތަންތަނާއި، ވަޑާންކުރާތަންތަނާއި، ހޮސްޕިޓަލް، އަދި ފުލުހުންގެ މަރުކަޒެއް ވެސް ތައްޔާރު ކޮށްފައިވެއެވެ. އަދި މީގެ އިތުރުން ފުލުހުންގެ މުއައްސަސާއިން ދެބޭފުޅަކު ވަޑައިގެން ދަރިވަރުންނަށް އެބޭފުޅުން ކުރައްވާ މަސައްކަތްތައް އޮޅުންފިލުވައިދިނުންއޮތެވެ. ސްކޫލްގެ ގޯތިތެރޭގައި ފުލުހުން ގެންގުޅޭ ސައިކަލެއް ބަހައްޓާފައި ހުއްޓެވެ. މި ސައިކަލަށް ދަރިވަރުންނަށް  އެރުމުގެ ފުރުސަތު ދިނެވެ. ގިނަ ދަރިވަރުންތަކެއް އެންމެ ގަޔާވި އެއް ހަރަކާތަކަށް ވީ ސައިކަލަށް އަރާލަން ލިބުނު ފުރުސަތެވެ.

"ކޮމިޔުނިޓީ ހެލްޕާސް" މި ތީމުގެ ދަށުން އިއްޔެ ގެންދެވުނު ހަރަކާތްތަކުގައި ދަރިވަރުންނަށް ކިޔަވާދެއްވާ އާންޓީންވެސް ތިއްބެވީ ތަފާތު މަސައްކަތް ކުރާ ބޭފުޅުންގެ ހެދުން އަޅުއްވައިގެންނެވެ. ސްޓޯލުތަކުގައި މަސައްކަތް ކުރައްވަން އާންޓީމެން ދަރިވަރުންނާއި އެކުތިއްބެވިއެވެ. އަދި ދަރިވަރުން ބޭނުންވާ މަސައްކަތަކާއި ގުޅޭ މީހަކާއި ބެހޭގޮތުން ވާހަކަދެއްކުން ވެސް އޮތެވެ. މިއި ޕްރީ ސްކޫލުގެ ފަރާތުން ބޭއްވި ވަރަށް ބޮޑު މަސައްކަތްތަކެއް ކަން އެ ހަރަކާތް އިންތިޒާމުކޮށްފައިވާ ގޮތުން ފާހަގަ ކޮށްލަންޖެހެއެވެ. މި ހަރަކާތުގައި ޕްރީ ސްކޫލްގެ ސީނިއަރ ލީޑިން ޓީޗަރާއި ޕްރީ ޕްރައިމަރީގެ ސީނިއަރ އެސިސްޓެންޓު ޕްރިންސިޕަލްގެ ވަރަށް ބުރަ މަސައްކަތްތަކެއް ވާކަން ފާހަގަ ކޮށްލަމެވެ. އަދި މީގެ އިތުރުން އާންޓީންނާއި ބެލެނިވެރިންގެ މަސައްކަތްތައް ވެސް މިފުރުސަތުގައި ފާހަގަކޮށްލަމެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *