ޕްރައިމްރީ ގްރޭޑްތަކުގެ ހޭންޑްބޯލް މުބާރާތުގެ ތެރެއިން... އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންގެ ހޭންޑްބޯލްއާއި ފުޓްބޯޅަ މުބާރާތް ފެށިއްޖެ

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ޕްރައިމަރީ ދަރިވަރުންގެ ހޭންޑްބޯލްއާއި ފުޓްބޯޅަ މުބާރާތް މި ހަފުތާގައި ފެށިއްޖެއެވެ. މިއީ ކޮންމެ އަހަރަކުވެސް ހުރިހާ ސްކޫލެއްގައި އެޑިއުކޭޝަނުން ބޭއްވުމަށް އަންގާފައިވާ ކުޅިވަރު މުބާރާތެކެވެ. މި މުބާރާތަކީ ކްލާސްތަކުގެ ދަރިވަރުންގެ މެދުގައި ކުޅިވަރުގެ ރޫޙު އަށަގެންނެވުމަށާއި ދަރިވަރުންގެ ޖިސްމާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް ބާއްވާ މުބާރާތެކެވެ.

ނޮވެމްބަރުމަހުގެ 28 ން ޑިސެމްބަރުމަހުގެ 5 ވަނަ ދުވަހާއި ހަމައަށް މި މުބާރާތް ކުރިއަށް ގެންދާނެއެވެ. މި މުބާރާތުގައި އަންހެން ކުދިންނަށް ޚާއްޞަކޮށްފައިވަނީ ހޭންޑުބޯލްއެވެ. ފިރިހެން ކުދިންނަށް ފުޓްބޯޅައެވެ. މިއީ ގްރޭޑް 1ން ފެށިގެން 6ގެ ދަރިވަރުންނަށް ބާއްވާ މުބާރާތެކެވެ.

ޕްރައިމްރީ ގްރޭޑްތަކުގެ ފުޓްބޯޅަ މުބާރާތުގެ ތެރެއިން… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މި މުބާރާތުގައި ބައިވެރިވީ ކޮންމެ ކުލާހަކުން ދެ ޓީމެވެ. އެއީ "އޭ" ޓީމާއި "ބީ" ޓީމެވެ. ކޮންމެ ކްލާހަކަށް ވެސް މި މުބާރާތަށް ޚާއްޞަކޮށްގެންވަނީ ވަކި ކުލަތަކެއް ކަނޑައަޅާފައެވެ. މިއީ ވަރަށް ޖޯޝާއި ފޯރީގައި ކުރިއަށްދާ މުބާރާތެކެވެ. މި މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ފަރިތަކުރުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މުބާރާތައް ޓަކައި ބައެއްޓީމުތަކުން ފެންވަރު ރަނގަޅު ކޯޗުން ހޯދައި އެބޭފުޅުންގެ އިރުޝާދުގެ މަތީން ފަރިތަކުރުންތައް ވަކި ގަޑިތަކަކަށް ބަހާލައިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ބެލެނިވެރިންނާއި ޓީޗަރުން ވެސް ދަރިވަރުންނެކޭ އެއްފަދައިން ވަރަށް ފޯރީގައި ކުޅިވަރުތަކުގެ ފަރިތަކުރުން ތަކުގައި ބައިވެރިވެފައިވެއެވެ.

މި ފަދަ ކުޅިވަރު މުބާރާތްތަކަކީ ދަރިވަރުންގެ ކިޔެވުމުގެ އިތުރުން ދަރިވަރުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ހިންގޭ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *