އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ އާއި މަތީ ސާނަވީގެ ފުރަތަމަ ޓާމް އިމްތިހާން މިއަދު ފެށިއްޖެއެވެ. ސާނަވީ ގްރޭޑް ތަކުން މިއަދު އިމްތިހާން ފެށުނީ ގްރޭޑް7، 8،އަދި 9 ގެ އިމްތިހާނެވެ.
ގްރޭޑް 7 އަށް މިއަދު ހެނދުނު 8 ޖެހިއިރު އޮތީ ދިވެހިބަހުގެ ކަރުދާހެވެ. މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 8 ޖަހާއިރު އިމްތިހާން ކުރިއަށް ދާނެއެވެ.

ގްރޭޑް 8 އަށް މިއަދު ހެނދުނު 9 ޖެހިއިރު އޮތީ އިނގިރޭސި ބަހުގެ ކަރުދާހެވެ. ގްރޭޑް 8 އަށް ޑިސެމްބަރ 14 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 9 ޖަހާއިރު އިމްތިހާން ކުރިއަށް ދާނެއެވެ.

ގްރޭޑް 9 އަށް މިއަދު އޮތީ ދިވެހިބަހުގެ ކަރުދާހެވެ. މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 8 ޖަހާއިރު އިމްތިހާން ކުރިއަށް ދާނެއެވެ.

މަތީ ސާނަވީގެ ގްރޭޑް 12 ގެ އިމްތިހާން މިއަދުވަނީ ފެށިފައެވެ. މިއަދު މެންދުރުފަހު 1:30 ގައި އޮތީ އިސްލާމް ކަރުދާސް 2 އެވެ. 12 ގެ ދަރިވަރުންނަށް އިމްތިހާން ނިމޭނީ މިމަހުގެ 15 ދުވަހު އެވެ.

ގްރޭޑް 11 ގެ ދަރިވަރުންނަށް އިމްތިހާން ފެށޭނީ މާދަމާ އެވެ. 11 ގެ ދަރިވަރުންނަށް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިމްތިހާން ތައް ކުރިއަށް ގެންދެވޭނެއެވެ.

ގްރޭޑް 10 ގެ ދަރިވަރުންނަށް ފުރަތަމަ ޓާމްގެ އިމްތިހާން ފެށޭނީ ޑިސެމްބަރ މަހުގެ 26 ވާ އާދީއްތަ ދުވަހުއެވެ.