ހޭންޑްބޯލް އަދި ފުޓްބޯޅަ މުބާރާތުގެ ނިމުން ފާހަގަކޮށް މެޑެއްޔާއި ތަށި ދީފި!

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ޕްރައިމަރީ ދަރިވަރުންގެ ހޭންޑްބޯލް އަދި ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗުތައް ކުޅެފިއެވެ. ފައިނަލްގައި ވާދަކުރި ޓީމުތަކުގެ ކުޅުން އޮތީ އިއްޔެއާއި މިއަދުއެވެ. އިއްޔެ ފައިނަލް ކުޅުނީ ފުޓްބޯޅަމެޗު ތަކުގެއެވެ. އަދި މިއަދު ހެނދުނު އޮތީ އަންހެން ކުދިންގެ ހޭންޑުބޯލް ފައިނަލް މެޗުތަކެވެ.

ފުޓްބޯޅަ ފައިނަލުގައި ވާދަކުރީ ގްރޭޑް 1 ސީ އާއި ގްރޭޑް 1 ޑީ އެވެ.  މި މެޗުން ޗެމްޕިއަންސްކަން ލިބުނީ ގްރޭޑް 1 ސީ ގެ ޓީމަށެވެ. ގްރޭޑް 2 ޑީ އާއި ގްރޭޑް 2 އީ ކުޅެގެން ޗެމްޕިއަންސްކަން ލިބުނީ ގްރޭޑް 2 ޑީގެ ދަރިވަރުންނަށެވެ. ގްރޭޑް 3 ސީ އާއި 3 ޑީ ބައްދަލުކޮށް ޗެމްޕިއަންސްކަން ލިބުނީ ގްރޭޑް 3 ސީއަށެވެ. ގްރޭޑް 4 ސީގެ ޓީމް 4 ޑީގެ ޓިމާ ކުޅެގެން ޗެމްޕިއަންސްކަން ލިބުނީ 4 ސީގެ ޓިމަށެވެ. އަދި  5 ސީ އާއި 5 ޑީ ބައްދަލުކޮށް ޗެމްޕިއަންސްކަން ލިބުނީ 5 ސީއަށެވެ. މީގެއިތުރުން ގްރޭޑް 6 ސީ އާއި ގްރޭޑް 6 ޑީ ކުޅެގެން ޗެމްޕިއަންސްކަން ލިބުނީ 6 ޑީގެ ދަރިވަރުންނަށެވެ.

ހޭންޑްބޯލް މުބާރާތުގައި ޗެމްޕިއަންސްކަން ލިބުނު ޓީމުތަކަކީ ގްރޭޑް 1 ބީ  ގްރޭޑް 1 އޭއާއި ވާދަކޮށް މޮޅުވީ ގްރޭޑް 1 ބީ ގެ ޓީމެވެ. ގްރޭޑް 2 އޭ ގްރޭޑް 2 ބީއާއި ކުޅެގެން ޗެމްޕިއަންސްކަން ލިބުނީ ގްރޭޑް 2 އޭގެ ޓީމަށެވެ. އަދި ގްރޭޑް 3 ބީ ގްރޭޑް 3 އޭއާއި ވާދަކޮށް ޗެމްޕިއަންސްކަން ހޯދީ 3 ބީގެ ޓީމެވެ. ގްރޭޑް 4 އޭ ގްރޭޑް 4 ބީ އާއި ވާދަކޮށް ޗެމްޕިއަންސްކަން ހޯދީ  ގްރޭޑް 4 އޭގެ ޓީމެވެ. މީގެއިތުރުން ގްރޭޑް 5 އޭގެ ދައިވަރުން ގްރޭޑް 5 ބީގެ ދައިވަރުންނާ ވާދަކޮށް ޗެމްޕިއަންސްކަން ހޯދީ ގްރޭޑް 4 އޭގެ ދަރިވަރުންނެވެ. އަދި ގްރޭޑް 6 އޭގެ ދަރިވަރުން ގްރޭޑް 6 ބީގެ ދަރިވަރުންނާ ކުޅެގެން ޗެމްޕިއަންސްކަން ހޯދީ ގްރޭޑް 6 ބީގެ ދަރިވަރުންނެވެ.

މި މުބާރާތުގެ ކުޅުން ހަފުތާއަކަށް ދެމިގެން ދިޔައެވެ. މުބާރާތް ނިމުމުން މުބާރާތުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް މެޑެލް ދިނުން އޮތެވެ. އަދި އެންމެ މޮޅު ކުޅުންތެރިންނަށް ސެޓިފިކެޓް ދިނުން ވެސް އޮތެވެ. މީގެއިތުރުން ޗެމްޕިއަންސް ޓީމްތަކަށް ތަށްޓާއި މެޑެލް ހަވާލުކުރުން އޮތެވެ. މިއަދު ހެނދުނު ސްކޫލުގެ މާލަމުގައި އޮތް ރަސްމިއްޔާތުގައި މެޑެއްޔާއި ތަށި ޓީމްތަކަށް ހަވާލު ކޮށްދެއްވީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *