ދިރާސީއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން މިއަދު ނިމިއްޖެއެވެ. އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 7، 8، 9 ގެ ދަރިވަރުންނަށް ފުރަތަމަ ޓާމްގެ ރިޕޯޓްފޯމް ދިނުން އޮތީ، މިއަދު މެންދުރު ފަހު އެވެ. މި 3 ގްރޭޑުންވެސް ކޮންމެ ގްރޭޑަކުން އެންމެ މޮޅު 10 ދަރިވަރުންގެ ނަންތައް އިޢުލާންކޮށް ސެޓްފިކެޓް ދެވުނެވެ. ގްރޭޑް 7 ން 1 ވަނަ ހޯދީ، 7ޑީ ގެ މުޙައްމަދު ޒީކް ޝިހާމް އެވެ. 2 ވަނަ ޙާޞިލްކުރީ، 7 އޭގެ ޢައިޝަތު ފަތޫން އަޙްމަދެވެ. 3 ވަނަ އަށްދިޔައީ، 7 ބީގެ އާމިނަތު އަލާ ޢަބްދުﷲ އެވެ.
ގްރޭޑް 8 ގެ ދަރިވަރުންގެ ތެރެއިން 1 ވަނަ ޙާޞިލްކުރީ، 8 އީގެ މަނާލް ޙަސަން ޒުހައިރެވެ. 2 ވަނަ އަށް ދިޔައީ، 8ސީގެ ޔޫސުފް ބިން ޢަބްދުﷲ އެވެ. 3 ވަނަ އަށް ދިޔައީ، 8އޭ ގެ އަލާ ޢަބްދުއްސަތާރެވެ.
ގްރޭޑް 9 ން 1 ވަނަ ޙާޞިލްކުރީ، 9އީގެ އަޙްމަދު ރައްޔާން މުޙައްމަދު އަނީސްއެވެ. 2 ވަނަ 9 އޭގެ އަޝާ އަޙްމަދު ރިޟާ އެވެ. 3 ވަނައަށް ދިޔައީ 9 ސީގެ ފާޠިމަތު މަލީސާ ޝިހާމާއި ޝުއާއު އިސްމާޢީލް ޝާން އެވެ.
އަދި ކޮމެންޑެޑް ރިޕޯޓް ލިބުނު ދަރިވަރުންނަށް ސްޓޭޖްމަތިން ރިޕޯޓް ކާޑު ހަވާލު ކުރެވުނެވެ. ރިޕޯޓް ކާޑު ހަވާލު ކޮށްދެއްވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ޢަލީ އާސިމް އެވެ.
ދިރާސީ އަހަރު ފެށިފައިވަނީ އޮގަސްޓް މަހު 10 ވަނަ ދުވަހުއެވެ. މިއަދު ފުރަތަމަ ޓާމްގެ ކިޔެވުން ނިމި ގްރޭޑް 10 ގެ ދަރިވަރުން ފިޔަވައި ހުރިހާ ދަރިވަރުންނަށް ވެސް ވަނީ ޗުއްޓީ ލިބިފައެވެ. 3 ހަފްތާގެ ބަންދަކަށްފަހު ސްކޫލްގެ ކިޔެވުން ފަށާނީ، ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.