އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 10 ގެ ފުރަތަމަ ޓާމް އިމްތިހާން ކުރިއަށް އެބަދެއެވެ. މިއަދު 9 ޖެހިއިރު އޮތީ އިސްލާމް ކަރުދާސް 1 އެވެ. 10:45 ގައި އޮތީ އިސްލާމް ކަރުދާސް 2 އެވެ. މާދަމާ އޮންނާނީ އިނގިރޭސިބަހުގެ ކަރުދާހެވެ.
މިއަދުން ފެށިގެން ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ގްރޭޑް 10ގެ ފުރަތަމަ ޓާމް އިމްތިހާން ކުރިއަށް ދާނެއެވެ. އެންމެ ފަހުން އޮންނާނީ ހިސާބު ކަރުދާހެވެ. ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ގްރޭޑް 10 ގެ ދަރިވަރުންނަށް ފުރަތަމަ ޓާމްގެ ޗުއްޓީ ލިބޭނެއެވެ. ދެވަނަ ޓާމްގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.