އަނެއްކާވެސް ސްކޫލް ބަންދުކޮށް، ކިޔަވައިދިނުން އޮންލައިންކޮށް.

މާލޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާއެކު، މާލެ ސަރަހައްދުގެ ސްކޫލްތައް ހުޅުވުން ފަސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމުމާއެކު އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ކިޔެވުން ވެސް  އޮންލައިންކޮށް ކުރިއަށް ގެންދާގޮތަށް ނިންމައިފިއެވެ.

ނިމިގެން މިދިޔަ އަޟްހާ އީދާއި މިޑްޓާމް ބަންދަށް ފަހު ސްކޫލްތަކުގެ ކިޔެވުން އޮގަސްޓު 9ގައި ފެށުމަށް މީގެކުރިން ނިންމާފައި ވީނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން، ކުރިއަށް އޮތް ދެ ހަފުތާ އަށް މާލެ ސަރަހައްދުގެ ސްކޫލްތައް ނުހުޅުވާގޮތަށް މިނިސްޓްރީއިން ވަނީ ނިންމާފައެވެ.

ކޮވިޑް 19އާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ މަހުގެ އެކެއްގައި ސްކޫލްތައް ހުޅުވުނުއިރު އަހްމަދިއްޔާގެ ދަރިވަރުނަށް ހަފްތާގެ ފަސްދުވަހު ކިޔަވައިދެމުން ގެންގޮސްފައިވެއެވެ. ނިއު ނޯމަލްގައި ސްކޫލްގެ ކިޔެވުން ފެށިނަމަވެސް ގޫގުލް މީޓްސްއާއި ގޫގުލް ކުލާސްރޫމް މެދުވެރިކޮށް އަޙްމަދިއްޔާގެ ދަރިވަރުންނަށް އޮންލައިން ކުލާސްތައްވެސް ވަނީ މެދު ނުކެނޑި ކުރިއަށް ގެންގޮސްފައެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ބޭބީ ނާސަރީ ދަރިވަރުންތަކެއް ސްކޫލްގެ ގޯތިތެރޭގައި ހަރަކާތްތެރިވަނީ.

މިދުވަސްވަރު ދަރިވަރުން ގޭގައި ތިބޭއިރު ގިނަވަގުތު ކުޅިވަރަށް ހުސްކުރުމުގެ ބަދަލުގައި ކިޔެވުމާއި، އާއިލާއާއެކު ވަގުތު ހޭދަކުރުމަކީ މުހިއްމު ކަމެކެވެ. އަދި ހަމައެހެންމެ ގޭގައި އުޅޭއިރުވެސް ގިނަގިނައިން އަތް ދޮވުމާއި ސާފުތާހިރުކަމަށް ސަމާލުކަން ދޭން ޖެހެއެވެ. މީގެ އިތުރުން މިދުވަސްވަރު އާއިލާގެ އެހެން ގެތަކަށް ޒިޔާރަތްކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *