މާދަމާއަކީ، އަޙްމަދިއްޔާ ހުޅުވިތާ 40 އަހަރުފުރޭ ދުވަސް ކަމަށްވާތީ އެމުނާސަބާ ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ވަރަށް ގިނަ ތައްޔާރީތަކެއް ވަމުން އެބަދެއެވެ. އަހަރީ ދުވަހުގެ ތައްޔާރީތަކާ ގުޅޭގޮތުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، އަހްމަދިއްޔާއަށް 40 އަހަރު ފުރުން ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަން ބޭނުންފުުޅުވާ ކަމުގައެވެ. އެގޮތުން، އަޙްމަދިއްޔާގެ މި 40އަހަރަކީ މިހާތަނަށް ސްކޫލްގައި އަހަރީ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރެވޭ އެންމެކުލަގަދަ ދުވަހެއްގެ ގޮތުގައި ހެދުމަށްޓަކައި ވަރަށް ގިނަ ހަރަކާތްތަކެއް، ވަރަށްގިނަ ކަންތައްތަކެއް ކުރިއަށް ދާކަމުގައި ރަޝީދު ވިދާޅުވިއެވެ.
" ސްކޫލްގެ އެންމެ އާދައިގެ މުވައްޒަފުން ފެށިގެން އެންމެމަތީ ގެލެވެލްއާއި ހަމައަށް މަސައްކަތުގައި ޝާމިލްވެ މަސައްކަތް ކުރައްވަމުންއެބަ ގެންދަވާ. އެގޮތުން މުޅިސްކޫލް އެކީ ޒީނަތްތެރި ކުރުމާއި ސްކޫލްގެ ވަށައިގެންވާ ސަރަހައްދު ވެސް އެކީގައި ޒީނަތްތެރިކުރުމަށް."ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ، އަހަރީ ދުވަސް ފާހަގަކުރުމަށް މާދަމާ ހެނދުނު ޚާއްޞަ އެސެމްބްލީއަކާއި، މާދަމާރޭ ޚާއްޞަޖަލްސާއެއް ބޭއްވޭނެ ކަމުގައެވެ. މިޖަލްސާއަކީ މިހާތަނަށް ބޭއްވޭ އެންމެ ޚާއްޞަ އެއް ޖަލްސާއަށް ވެގެންދާނެ ކަމާއި މިޖަލްސާގައި، އަޙްމަދިއްޔާއަށް އެންމެގިނަދުވަހު ޚިދްމަތް ކުރެއްވި ޚިދްމަތްތެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން ޚާއްޞަ ހަނދާނީފިލާ ދިނުން އޮންނާނެ ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ. އަދި މިނޫނަސް މިކަހަލަ ވަރަށް ގިނަކަންތައްތައް ކުރިއަށްދާކަމާއި، އުއްމީދު ކުރައްވަނީ، މިފަހަރުގެ މި އަހަރީ ދުވަހަކީ، ވަރަށް ކުލަގަދަ ވަރަށް އުފާވެރި އަދި އަޙްމަދިއްޔާގެ އާއިލާއަށް މިއުފާވެރިކަން ގެެނެސްދޭ އަހަރީ ދުވަހަކަށް ވެގެންދާނެ ކަމުގައެވެ.