ދިވެހި ލޭ ހިނގާހާ ހިނދަކު ދިވެހި ބަސް ދެމިއޮންނާނެ: ޑރ. އަޝްރަފް

ދިވެހި ލޭ ހިނގާހާ ހިނދަކު ދިވެހި ބަސް ދެމިއޮންނާނޭ ކަމަށް ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް މިއަދު  ބޭއްވި ޚާއްޞަ އެސެމްބްލީގައި ވާހަކަދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ ދިވެހި ބަސް އުވިދާނެ ކަމަށް ބަހުގެ ބައެއް ބޭފުޅުން ވެސް ވިދާޅުވާ ކަމަށާއި، އެހެން ނަމަވެސް އެ ކަމުގައި އޭނާގެ ވިސްނުން މުޅިން ތަފާތު ކަމަށެވެ. އެގޮތުން ކޮންމެ ބަހަކަށް ވެސް ބޭރު ލަފުޒު ވަންނަކަމަށާއި، އިނގިރޭސި ބަހުގައި ވެސް ގިނައީ ބޭރުލަފުޒުތައްކަން އޭނާ ފާހަގަކުރެއްވިއެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް ގްރޭޑް 7، 8 އަށް ބޭއްވި އެސެމްބްލީގެ ތެރެއިން.. ފޮޓޯ: ހަރުޝާ

ޑރ.އަޝްރަފްގެ ވާހަކައިގައި ބޭރުބަސް ދިވެހިކުރުމަކީ މައްސަލައެއް ނޫންކަން ފާހަގަކުރައްވައި ދިވެހިބަހުގެ ލަފުޒު އުފެދޭ ގޮތްތަކާއި ދިވެހި އަޑަށް ފައްތައިގެން ދިވެހިކޮށްފައިވާ ބައެއް ބޭރު ލަފުޒުތައް ދިވެހިވެފައިވާ ގޮތަށް ބައްލަވައިލެއްވިއެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް ގްރޭޑް 7، 8 އަށް ބޭއްވި އެސެމްބްލީގެ ތެރެއިން.. ފޮޓޯ: ހަރުޝާ

ދިވެހި އިހުގެ އަދީބުންނަށް ތަޢުރީފުކުރައްވަމުން  އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ކުރީގެ ދިވެހި މުދައްރިސް ޑރ. އަޝްރަފް ވިދާޅުވީ އެންމެ ވަރުގަދަ އަދަބިއްޔާތު އޮންނަ ބަސްބަސް ކަމަށް ވާހަކަދެކެވޭ އިނގިރޭސި ބަހާއި އަރަބި ބަހުގެ އަދަބިއްޔާތަށް ގޮންޖަހާލެވޭ ވަރުގެ އަދަބިއްޔާތެއް ދިވެހިބަހުގައި އެބައޮތް ކަމަށެވެ.

ގްރޭޑް 7، 8 އަށް ބޭއްވި އެސެމްބްލީގެ ތެރެއިން.. ފޮޓޯ: ހަރުޝާ

އެގޮތުން ދިވެހި އަދަބިއްޔާތުގައި ހިމެނޭ ވަޒަންބަހުރުވައިގެ ބައިތައް ހައްދަވާފައިވާ ފުރިހަމަކަން ޅެމުން މިސާލުދައްކަވަމުން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ދިވެހި އަދަބިއްޔާތުގެ ބައިތަކުގެ އެތެރެފުށާއި ބޭރުފުށުގެ އަސަރުއުފެއްދާފައިވާ ގޮތް އެ އަދަބިއްޔާތުތަކަށް ވުރެ މާ ފުރިހަމަ ކަމަށެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް ގްރޭޑް 7، 8 އަށް ބޭއްވި އެސެމްބްލީގެ ތެރެއިން.. ފޮޓޯ: ހަރުޝާ

މިއަދުގެ އެސެންބްލީގައި ޑރ. އަޝްރަފް ވަނީ އަޙްމަދިއްޔާގެ ދަރިވަރުންގެ އަދަބީ ހުށަހެޅުންތަކަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *