އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ސެކަންޑްރީ ޕްރިފެކްޓުންގެ "ކަޕްކޭކް ޑޭ" މިއަދު ފާހަގަކޮށްފިއެވެ. ކޭކު ވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޕްރިފެކްޓުންނާއެކު ސްކޫލްގެ ލީޑިންގ ޓީޗަރުންނާއި ބައެއް ޓީޗަރުންނެވެ.

ހެންދުނު ދަންފަޅީގެ ޕްރިފެކްޓުންގެ ފަރާތުން 1900 އަށްވުރެ ގިނަ ކަޕްކޭކު ވިއްކަން ލިބުނު ކަމަށް ސްކޫލްގެ ޕްރިފެކްޓް ބޯޑާއި ހަވާލުވެ ހުންނެވި ސީނިއަރ ލީޑިންގ ޓީޗަރ ނުސްރަތުﷲ ނަޞީރު ވިދާޅުވިއެވެ. އަދި ކުދިންގެ ފަރާތުންވެސް މިކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަމަށާއި ހެނދުނު ދަންފަޅީގައި 1400 އަށްވުރެ ގިނަ ކަޕްކޭކު ވިކުނުކަމަށް ވިދާޅުވިއެވެ. މެންދުރު ފަހުގެ ދަންފަޅީގައި ބާކީ ހުރި ހުރިހާ ކަޕްކޭކުތަކެއް ވިކި ހުސްވި ކަމަށްވެސް ނުސްރަތުﷲ ވިދާޅުވިއެވެ.
މިކަމުގައި ޕްރިފެކްޓުންގެ ބެލެނިވެރިންގެ ފަރާތުން ލިބުނު ތަރުހީބަށް ސްކޫލްގެ ފަރާތުން ޝުކުރު އަދާކުރެއެވެ.