އަޙްމަދިއްޔާ ގްރޭޑް 10ގެ ދިވެހި ކޭންޕު ބާއްވައިފި

މި އަހަރު އެސްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް އަމާޒުކޮށްގެން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ދިވެހި ކޭންޕެއް ބާއްވައިފިއެވެ.

ދެ ދަންފަޅިއަކަށް ހޮނިހިރު ދުވަހު ބޭއްވި މި ކޭމްޕުގައި އެސްއެސްސީ އިމްތިހާނުގެ ސިލަބަހަށް މިހާރު އައިސްފައިވާ ބަދަލުތައް ދަރިވަރުންނަށް އަލުން ހަނދާންކޮށްދީ، ދިވެހި ކަރުދާހުގެ އެކި ބައިތައް ހެދުމުގައި ފާއިތުވި އަހަރުތަކުގައި ކުދިންނަށް އާއްމުކޮށް ހެދިފައިހުރި ގޯސްތައް ކިޔައިދީ އެކަންކަން ރަނގަޅުކުރާނެ ގޮތް ތަޖުރިބާކާރު މުދައްރިސުންގެ އެހީގައި ވަނީ ކިޔައިދީފައެވެ.

އަހްމަދިއްޔާ ދިވެހި ކޭންޕް 2022 ގެ ތެރެއިން… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ހެނދުނު 7.30 ން ފެށިގެން 12.30 އަށް ބޭއްވި ދަންފަޅީގައި ގްރޭޑް 10ގެ އަންހެން ކުދިން ބައިވެރިކުރިއިރު، ފިރިހެން ކުދިންގެ ދަންފަޅި އޮތީ މެންދުރުފަހުގެ 1 ން ހަވީރު 6 އަށެވެ.

އަހްމަދިއްޔާ ދިވެހި ކޭންޕް 2022 ގެ ތެރެއިން… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މި ކޭންޕުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދިވެހި މުދައްރިސުންގެ އިތުރުން އަޙްމަދިއްޔާގެ އެންމެ ފުރަތަމަ އަދަބީ މުދައްރިސްކަން ކުރެއްވި ތަޖުރިބާކާރު މުދައްރިސް ފަރެސް އަޙްމަދު އާމިރު ވެސް ދަރިވަރުންނަށް ކިޔަވައިދެއްވިއެވެ.

އަހްމަދިއްޔާ ދިވެހި ކޭންޕް 2022 ގެ ތެރެއިން… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މި ކޭންޕަށް ފަހު ދަރިވަރުން ވަނީ ކޭންޕުގެ ސަބަބުން ދިވެހި މާއްދާގައި ދަރިވަރުންނަށް އެނގުން ލާޒިމްވާ ހުރިހާ ބައިތަކެއް އިތުރަށް ސާފުވެ އެނގިފައިވާ ކަމަށާއި، މި ކޭންޕަކީ ދިވެހި އެސްއެސްސީ އިމްތިޙާނަށް ތައްޔާރުވުމަށް ލިބިގެންދިޔަ ވަރަށް ބޮޑު އެހީއެއް ކަމަށެވެ. މީގެ އިތުރުން މި ކޭންޕުން އެސްއެސްސީ އިމްތިޙާނުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ އިތުރުން އާންމުކޮށް ކުދިންނަށް ހެދޭ ކުށްތަކާއި، އެކުށްތައް ރަނގަޅުކުރާނޭ ގޮތް އެނގިގެން ދިޔަ ކަމަށާއި، ހަމައެހެންމެ ތަޖުރިބާކާރު މުދައްރިސުން ދެއްވި އަގުހުރި މައުލޫމާތުގެ ސަބަބުން ލިޔުންތަކަށް އިތުރު ފުރިހަމަކަމެއް ގެންނާނޭ ގޮތްތައް އެނގިގެން ދިޔަ ކަމަށް އެ ކޭންޕުގައި ބައިވެރިވި ދަރިވަރުން ވަނީ ބުނެފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *