އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ދަރިވަރުންގެ ތެރެއިން ޕްރީސްކޫލުދަރިވަރުންގެ "މައި ޕްލޭޓް" ދުވަސް ފާހަގަކޮށްފިއެވެ. މިއީ ކޮންމެ އަހަރަކުވެސް އަޙްމަދިއްޔާގެ ޕްރީ ސްކޫލަށް ޚާއްޞަކޮށްގެން ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ އެންމެ ބޮޑު މަޤުޞަދަކީ ދަރިވަރުންގެ ސިއްހަތާއި ގުޅޭ ކާބޯތަކެތި އެއް ފުރާޅެއްގެ ދަށުން ފެންނާނެގޮތް ހެދުމެވެ. މީގެ އިތުރުން ދަރިވަރުންގެ ކެއުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅޭ މައުލޫމާތު ދަރިވަރުންނާއި ހިއްޞާ ކުރެވުނެވެ. މި ޕްރޮގްރާމްގައި ޕްރީސްކޫލުގެ ޔޫ.ކޭ.ޖީގެ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ. މިއީ ދަރިވަރުން ކިޔަވަމުން ގެންދާ ޔުނިޓާއި ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ހަށިގަނޑަށް ފައިދާހުރި ކާބޯތަކެއްޗާއި އެ ތަކެއްޗެއް ކާންވީ މިންވަރު ދަރިވަރުންނަށް ކިޔާދެވެއެވެ. މީގެ އިތުރުން މިތަކެތީގެ ޕްލޭޓެއް ކޮންމެ ދަރިވަރަކަށް ވެސް ތައްޔާރު ކޮށްފައި ދެވެއެވެ.
މި ޕްރޮގްރާމުގެ ދަށުން ސްކޫލްގެ ގޯތި ތެރޭގައި ދަރިވަރުން ފޮޓޯނަގައި ހެދުމަށް ޚާއްޞަ ތަނެއް ތައްޔާރުކުރެވިފައި ވެއެވެ. ކޮންމެ އަހަރަކުވެސް މި ޕްރޮގްރާމްގައި ޕްރީސްކޫލްގެ ލީޑިންގ ޓީޗަރުންނާއި އާންޓީ ބައިވެރިވެއެވެ. މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްކަމަށް ޕްރީ ސްކޫލްގެ ސީނިޔަރ ލީޑިންގ ޓީޗަރ އަޒޫ އާންޓީ ވިދާޅުވިއެވެ.