އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު

އަޙްމަދިއްޔާގެ ކާމިޔާބީ އިތުރަށް ދަމަހައްޓަން ވަރަށްބޮޑަށް މަސައްކަތްކުރަންޖެހޭ. – ޕްރިންސިޕަލް

އަޙްމަދިއްޔާއަށް މިހާތަނަށް ލިބިފައިވާ ތަރައްގީއާއި ކާމިޔާބީއަކީ ހުރިހާބޭފުޅުންވެސް ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވާފައިވާތީ ލިބިފައިވާ ކާމިޔާބީއެއް ކަމަށް އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. އަހްމަދިއްޔާއަށް 40 އަހަރުފުރުން ފާހަގަ ކުރުމުގެ ގޮތުން ރޭ ކްރޮސްރޯޑް ގައިބޭއްވި "ޑިނަރ ނައިޓް" ގައި ވާހަކަފުޅުދައްކަވަމުން ޕްރިންސިޕަލް ވިދާޅުވީ،  އަޙްމަދިއްޔާ ކުރިމަތީގައި ގޮންޖެހުންތަކެއް އެބަހުރިކަމާއި ލިބިފައިވާ ކާމިޔާބީ، ދެމެހެއްޓުމަށްޓަކައި، ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމުގައެވެ. ކާމިޔާބު އިތުރަށް ހޯދުމަށްޓަކައި ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައެވެ. ޕްރިންސިޕަލް ވިދާޅުވީ އަޙްމަދިއްޔާ ވަށައިގެން އެހެންފަރާތްތަކުން އަޙްމަދިއްޔާއަށް ވުރެ ކުރިއަރަން ނުވަތަ އަޙްމަދިއްޔާ ހޯދާ ކާމިޔާބީއަށްވުރެ މަތީ ކާމިޔާބީ ހޯދަން މަސައްކަތް ކުރަމުންގެންދާ ކަމުގައެވެ.

އަޙްމަދިއްޔާގެ 40 ވަނަ އަހަރީ "ޑިނަރ ނައިޓް" ގެ ތެރެއިން…….. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

"އަޅުގަނޑުމެން މަސައްކަތް ކުރަންވީ ކާމިޔާބު އިތުރަށް ދަމަހައްޓާ އަޙްމަދިއްޔާއަކީ ރާއްޖޭގެ އެންމެ މޮޅުސްކޫލްގެ ގޮތުގައި އަދިވެސް ހަމަ ބޭއްވޭތޯ. އަޅުގަނޑުގެ އެންމެ ފަހުގެ އިލްތިމާސަކީވެސް އަޅުގަނޑުމެން އެކުވެރި މާހައުލެއްގައި އެންމެން އެކައްޗެއް ކިޔައިގެން އަޙްމަދިއްޔާގެ ކާމިޔާބީއަށްޓަކައި މަސައްކަތް ކޮށްދެއްވުން." ޕްރިންސިޕަލް ވިދާޅުވިއެވެ.

އަޙްމަދިއްޔާގެ 40 ވަނަ އަހަރީ "ޑިނަރ ނައިޓް" ގެ ތެރެއިން…….. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ޕްރިންސިޕަލްގެ ވާހަކަފުޅުގައި އަޙްމަދިއްޔާގައި ޕްރީ ޕްރައިމަރީއާއި ސެކަންޑަރީއާއި ހަޔަރ ސެކަންޑަރީ އެބައޮތްކަމާއި، މިއިން ކޮންމެ ބަޔަކީ ވަކިވަކި ބައެއްގެ ގޮތުގައި ނުވަތަ ވަކިވަކި ގުނަވަންތަކެއްގެ ގޮތުގައި މަސައްކަތް ކޮށްފިކަމަށް ވަންޏާ  މާރަނގަޅު ނަތީޖާތަކެއް ހާޞިލެއް ނުކުރެވޭނެކަމަށް ވިދާޅުވިއެވެ. މިއިން ކޮންމެ އެއްޗަކީވެސް އަހްމަދިއްޔާ ކަމާއި މަސައްކަތް ކުރަންޖެހޭނީ އަޙްމަދިއްޔާ އެއްކޮށް ކަމަށް ވިދާޅުވެ މި ކާމިޔާބު ދެމެހެއްޓޭނީ އޭރުން ކަމަށްވެސް ވިދާޅުވިއެވެ.

އަޙްމަދިއްޔާގެ 40 ވަނަ އަހަރީ "ޑިނަރ ނައިޓް" ގެ ތެރެއިން……. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ޕްރިންސިޕަލްގެ ވާހަކަފުޅުގައި އަޙްމަދިއްޔާގެ 40 ވަނަ އަހަރީ ޖަލްސާއަކީ މިހާތަނަށް އަހްމަދިއްޔާ ގައި ބޭއްވުނު އެންމެ ކުލަގަދަ އެއް ޖަލްސާ ކަމާއި  އެ ޖަލްސާ އިންތިޒާމް ކުރުމުގައި ވަރަށް ގިނަ ބޭފުޅުން ރެއާދުވާލު މަސައްކަތްޕުޅު ކުރެއްވިކަމާއި އެޖަލްސާވެގެން ދިޔައި ވަރަށް ކާމިޔާބު ވަރަށް އުފާވެރި ޖަލްސާއެއްގެ ގޮތުގައިކަމަށްވިދާޅުވެ، ޖަލްސާގެ އެކިއެކި ކަންކަމުގައި ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުންނަށް ޝުކުރުއަދާކުރެއްވިއެވެ.

އަޙްމަދިއްޔާގެ 40 ވަނަ އަހަރީ "ޑިނަރ ނައިޓް" ގެ ތެރެއިން……. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

އަޙްމަދިއްޔާގެ 40 ވަނަ އަހަރީ ޖަލްސާގެ ތައްޔާރީތަކުގެ ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅުނަށް ރޭގެ ހަފްލާގައި އިނާމާއި ހަނދާނީ ލިޔުން ދެއްވީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *