ބުރާސްފަތި, 17 އޭޕްރިލް 2025
ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނަ ޝާހާ ޙުސައިނަށް ރައީސް އިނާމް ދެއްވަނީ

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން އަޙްމަދިއްޔާ ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯދައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ ނުބަލާ ކިޔެވުމުގެ ގޮފިން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް 2 ވަނަ ހޯދައިފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބޭ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 2 ވަނަ: އުވެއިސް ބިން އިނާޒް

ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނަ ޙާޞިލް ކުރީ، އަޙްމަދިއްޔާ ގްރޭޑް 12 ސީގެ ފާތިމަތު ޝާހާ ހުސައިނެވެ. ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 2 ވަނަހޯދީ، ގްރޭޑް 7 ޑީގެ އުވެއިސް ބިން އިނާޒް އެވެ.  18 އަހަރުން ދަށުގެ އުމުރުފުރައިން 1 ވަނަ ހޯދީ،  ގްރޭޑް 12 ކޭ ގެ މުޙައްމަދު ސާއީ މުބާރާކެވެ. 12 އަހަރުން ދަށުގެ އުމުރުފުރައިން 2 ވަނަ ހޯދީ، ގްރޭޑް 6 ސީ  ގެ ބިލާލް ބިން އަޙްމަދެވެ.  12 އަހަރުން ދަށުގެ އުމުރުފުރައިން 3 ވަނަ ޙާޞިލް ކުރީ، 6 ސީގެ  އަބްދުﷲ އަޙްސަން ސަޢީދެވެ.

12 އަހަރުން ދަށުގެ އުމުރުފުރައިން 2 ވަނަ: ބިލާލް ބިން އަޙްމަދު

މީގެ އިތުރުން ނުބަލާ ކިޔެވުމުގެ ބައިން ފާތިމަތު ޝާހާ ހުސައިންވަނީ 1 ވަނަ ހޯދާފައެވެ. އަދި އުވެއިސް ބިން އިނާޒް ވަނީ މުޅި މުބާރާތުން 3 ވަނަ އާއި ނުބަލާ ކިޔެވުމުގެ ބައިން 2 ވަނަ އާއި، 14 އަހަރުން ދަށުގެ އުމުރު ފުރައިން1 ވަނަ  ހޯދާފައެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތް (2021) ކުރިޔަށްގެންދިޔައީ ވަރޗުއަލްކޮށެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ބައި ކުރިޔަށްގެންދިޔައީ ބައިވެރިން ކިޔަވަން ބޭނުންވާ ތަން ރެކޯޑްކޮށް، އެ ވީޑިއޯ ޕޯޓަލްއަކަށް އަޕްލޯޑްކޮށްގެންނެވެ. ނުބަލާ ކިޔެވުމުގެ ބައި ކުރިޔަށްގެންދިޔައީ ޒޫމް މެދުވެރިކޮށް ލައިވްކޮށެވެ. މުބާރާތް ކުރިޔަށްގެންދިޔައީ 6 އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. އަދި މުބާރާތް ކުރިޔަށް ގެންދިޔައީ މައިގަނޑު 3 ބަޔަކުން ވާދަކުރެވޭގޮތަށެވެ.، އެ ބައިތަކަކީ ބަލައިގެން ކިޔެވުމުގެ ބަޔާއި ނުބަލާ ކިޔެވުމުގެ ބަޔާއި ޙާފިޡުންގެ ބައެވެ. މުޅި ރާއްޖެއަށް އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ބައިވެރިވެވޭގޮތަށް ކުރިޔަށްގެންދިޔަ މި މުބާރާތުގައި ޖުމްލަ 1700 ބައިވެރިން ބައިވެރިވިއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *