ބުރާސްފަތި, 17 އޭޕްރިލް 2025

ސާނަވީގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ޝާހާ ހޮވިއްޖެ

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 2019 ވަނަ އަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ޝާހާ ޙުސައިން ހޮވިއްޖެއެވެ. މިރޭ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް މާލަމުގައި ބޭއްވި 2020 ވަނަ އަހަރުގެ އިނާމު ދިނުމުގެ ހަފްލާގައި އެންމެ މޮޅު ދަރިވަރަށް ތައްޓާއި އިނާމާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަނެވެ.  އެންމެ މޮޅު ދަރިވަރަށް ހޮވުނު ޝާހާއަކީ ކިޔެވުމުގެ އިތުރަށް އިތުރު ހަރަކާތްތަކުގައިވެސް އަހްމަދިއްޔާ ތަމްސީލުކޮށް ކާމިޔާބީ ހޯދާފައިވާ ދަރިވަރެކެވެ. އޭގެ ތެރެއިން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެނީ، ވާހަކަދެއްކުމުގެ ގައުމީ މުބާރާތެވެ.

2019 ވަނަ އަހަރަކީ އަޙްމަދިއްޔާގެ ދަރިވަރުން އެސް.އެސް.ސީ އިމްތިޙާނާއި ކޭމްބްރިޖް އޯ.ލެވެލް އިމްތިހާނު ތަކުގައި، ވަރަށް ކުލަގަދަ މޮޅު ނަތީޖާތަކެއް ޙާޞިލްކޮށްފައިވާ އަހަރެކެވެ.  ރާއްޖޭގައި އެއްސްކޫލަކުން އޯ.ލެވެލް އިމްތިހާނުގައި އެންމެގިނަ ދަރިވަރުން، ބައިވެރިކުރީ އަޙްމަދިއްޔާއިންނެވެ.

202 ދަރިވަރުން އޯ.ލެވެލް އިމްތިހާނުގައި ބައިވެރިކޮށް، 95.05 ދަރިވަރުން، 5 މާއްދާ އަށްވުރެ މަތިން ފާސްވިއެވެ. އަދި އޯ.ލެވެލް އިމްތިޙާނުގެ ގައުމީ ގަދަ 10 ގެ 1 ވަނަ އާއި 10 ވަނައިގެ ތެރޭގައި އަޙްމަދިއްޔާގެ 50 ދަރިވަރުން ހިމެނުނެވެ. މިދަރިވަރުންނަށްވެސް މިރޭގެ ޖަލްސާގައި އިނާމާއި ސެޓްފިކެޓް ދެވުނެވެ.

މިރޭ ބޭއްވި އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ރާއްޖޭގެ ގަދަ 10 ގެ 1 ވަނައަށް ހޮވުނީ 3 ދަރިވަރުންނެވެ. އެއީ،  10 އޭގެ ޢައިޝަތު ޝައިބާން އާއި ފާޠިމަތު ޝައިޚާ ޙުސައިނާއި މަރިޔަމް ލައިސާ ޙުސައިން ޙަމީދުއެވެ.

ރާއްޖޭގެ ގަދަ 10 ގެ 1 ވަނައަށް ހޮވުނު ދަރިވަރުންނާއެކު ޕްރިންސިޕަލާއި ޝަރަފްވެރި މެހްމާން.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މީގެ އިތުރަށް މާއްދާތަކުން ދުނިޔޭގެ ގަދަ 10 އަށް އަޙްމަދިއްޔާގެ 4 ދަރިވަރަކު ހޮވުނެވެ. ބިޒިނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 1 ވަނަ ހޯދީ، ރީއާ ޙުސައިން ފިރާޒުއެވެ. އޭނާވަނީ، އިންގްލިޝް އޭސް އަ ސެކްންޑް ލޭންގްއޭޖް އިން މުޅި ދުނިޔެއިން 10 ވަނަ ހޯދާފައެވެ. އެކައުންޓިންގ އިން މުޅި ދުނިޔެއިން 6 ވަނަ އަހްލާ ޢަލީ އެވެ. ފާޠިމަތު ޝާހާ ޙުސައިން ވަނީ އެކައުންޓިންގ އިން މުޅި ދުނިޔެއިން 6 ވަނަ  ހޯދާފައެވެ.

އަދި ހިސާބުން ރާއްޖެއިން 1 ވަނަ އައިނީ އިބްރާހީމް މަނިކު ހޯދިއިރު އިސްލާމުން ރާއްޖެއިން 1 ވަނަ އަޙްމަދު ސާމް ޢަބްދުﷲ ނާފިޒު ވަނީ ހޯދާފައެވެ.

ކިޔެވުމަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ލައިސާ އަށް އެވޯޑް ހަވާލުކޮށްދެއްވަނީ…އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

2009 ވަނަ އަހަރު ކިޔެވުމަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ، މަރިޔަމް ލައިސާ ޙުސައިން ޙަމީދެވެ.

އެންމެ ރަނގަޅު ނަތީޖާ ހޯއްދަވައިދެއްވި މުދައްރިސަކަށް ހޮވުނީ، ޝިއުނާ އިބްރާހީމް ނަޞީރު.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

2009 ވަނަ އަހަރު އެންމެ ރަނގަޅު ނަތީޖާ ހޯއްދަވައިދެއްވި މުދައްރިސުންނަށްވެސް އިނާމު ދިނުމުގެ ޖަލްސާގައި އެވޯޑް ދެވުނެވެ. ހުރިހާ ގޮތަކުން އެންމެ ރަނގަޅު ނަތީޖާ ހޯއްދަވައިދެއްވި މުދައްރިސަކަށް ހޮވުނީ އެކައުންޓިން މުދައްރިސް ޝިއުނާ އިބްރާހީމް ނަޞީރެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *