އަޙްމަދިއްޔާ ސާނަވީ ދަރިވަރުންގެ ޤުރުއާން މުބާރާތް ފެށިއްޖެ

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ދަރިވަރުންގެ ޤުރުއާން މުބާރާތް މިއަދު ފެށިއްޖެއެވެ. އަޙްމަދިއްޔާގެ ޤުރުއާން ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ މަޤްޞަދަކީ، ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި ގުރުއާން ކިޔެވުމުގެ ފަންނު ކުދިންގެ ކިބައިގައި އަށަގެންނެވުމެވެ.

މި މުބާރާތް އޮންނާނީ، އެޕްރީލް 18 ވަނަ ދުވަހުން ފެށިގެން އެޕްރީލް 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ، 13 އަހަރުންދަށުގެ އުމުރުފުރައާއި 16 އަހަރުން ދަށުގެ އުމުރު ފުރައިގައެވެ. މި މުބާރާތް ކުރިއަށްދާނީ ބަލައިގެން ކިޔުމުގެ ބަޔާއި ނުބަލާ ކިޔުމުގެ ބައި ވަކިންނެވެ. މުބާތރާތަށް އިންސާފު ކުރާނީ ފަނޑިޔާރުންގެ ޓީމަކުންނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *