އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ގުރޭޑް 10ގެ ސައިންސް ސްޓްރީމްގައި ކިޔަވާ ދަރިވަރުންގެ ސައިންސް މާއްދާތަކަށް ޚާއްޞަކޮށްގެން "ސައިންސް ކޭމްޕް"ގެ ނަމުގައި ކޭމްޕެއް ފަށައިފިއެވެ. އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ސައިންސް ލެބޯޓްރީގައި ކުރިއަށް ދާ މި ކޭމްޕުގައި މިއަދު ފަށާފައިވަނީ ބަޔަލޮޖީ މާއްދާގެ ބައިތަކެވެ. މާދަމާވެސް ބަޔޮލޮޖީގެ ކޭންޕް ކުރިއަށް ދާނެއެވެ.

މިފަދަ ކޭމްޕެއްގެ މައިގަނޑު މަޤްޞަދަކީ މާއްދާގެ ފިލާވަޅުތައް މުޠާލިޔާ ކުރުމާއި އިމްތިހާނުގެ ކުރިން، ސައިންސް މާއްދާގެ އަމަލީ ބައިތައް ދަރިވަރުންނާއެކު ފަރިތަކުރުންކަމަށް މާއްދާގެ ޓީޗަރުން ފާހަގަކުރެއެވެ.

ސައިންސް މާއްދާތައްކަމަށްވާ ފިޒިކްސް، ބައިލޮޖީ އަދި ކެމިސްޓްރީ މި ތިން މާއްދާގެ އޯލެވެލް އިމްތިހާނުގައި "ޕްރެކްޓިކަލް ޕޭޕަރެއް" ހިމެނިފައި އޮވެއެވެ. މިފަދަ ކޭމްޕެއްގެ ސަބަބުން ދަރިވަރުންނަށް އަމަލީ ތަޖުރިބަތައް ލިބޭނަމަ ޕްރެކްޓިކަލް ޕޭޕަރުގެ ސުވާލުތަކަށް ޖަވާބުދޭން ފަސޭހަ ވެގެންދާނެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ފިޒިކްސް އާއި ކެމިސްޓްރީގެ ކޭމްޕު ވެސް ބޭއްވޭނެއެވެ.