ސައިންސް ކޭމްޕު ނިމިއްޖެ

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް 10ގެ ސައިންސް ސްޓްރީމްގައި ކިޔަވާ ދަރިވަރުންގެ ސައިންސް މާއްދާތަކަށް ޚާއްޞަކޮށްގެން “ސައިންސް ކޭމްޕް”ގެ ނަމުގައި ފެށި ކޭމްޕް މިއަދު ނިމިއްޖެއެވެ. އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ސައިންސް ލެބޯޓްރީގައި ކުރިއަށް ދިޔަ ކޭމްޕުގައި މިއަދު ނިންމާފައިވަނީ ކެމިސްޓްރީ މާއްދާގެ ބައިތަކެވެ.

ސައިންސް ކޭމްޕްގައި ކެމިސްޓްރީ މާއްދާއާއި ގުޅޭ ޢަމަލީ ބައިތައް ދަރިވަރުން ދަސްކުރަނީ…  އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ސައިންސް ކޭންޕުގައި މިމަހުގެ 18 އަދި 19 ވަނަ ދުވަހު ކުރިއަށް ގެންދެވުނީ ބަޔޮލޮޖީ މާއްދާގެ ބައިތަކެވެ. މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ހެނދުނު 8:30 އިން 12:30 އަށް ގެންދެވުނީ ކެމިސްޓްރީ މާއްދާގެ ބައިތަކެވެ. ސައިންސްގެ 4 ކުލާހަށްވެސް މިބައިތައް ކުރިއަށް ގެންދިޔައީ ވަކިވަކިންނެވެ.

ސައިންސް ކޭމްޕްގައި ކެމިސްޓްރީ މާއްދާއާއި ގުޅޭ ޢަމަލީ ބައިތައް ދަރިވަރުންނަށް ދަސްކޮށްދެއްވަނީ…  އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

އިއްޔެ ހެނދުނު 8:30 އިން  12:30 އަށް ސައިންސް ކޭމްޕްގެ ކެމިސްޓްރީ މާއްދާ ބޭއްވީ 10 އޭގެ ދަރިވަރުންނާއި 10ޑީ ގެ ދަރިވަރުންނަށެވެ. މިއަދު ހެނދުނު 8:30 އިން  12:30 އަށް ކެމިސްޓްރީ މާއްދާ ބޭއްވީ 10ޑީ އަދި 10އީގެ ދަރިވަރުންނަށެވެ.

ސައިންސް ކޭމްޕްގައި ފިޒިކްސް މާއްދާއާއި ގުޅޭ ޢަމަލީ ބައިތައް ދަރިވަރުންނަށް ދަސްކޮށްދެއްވަނީ…  އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މިފަދަ ކޭމްޕެއްގެ މައިގަނޑު މަޤްޞަދަކީ މާއްދާގެ ފިލާވަޅުތައް މުޠާލިޔާ ކުރުމާއި އިމްތިހާނުގެ ކުރިން، ސައިންސް މާއްދާގެ އަމަލީ ބައިތައް ދަރިވަރުންނާއެކު ފަރިތަކުރުންކަމަށް މާއްދާގެ ޓީޗަރުން ފާހަގަކުރެއެވެ

ސައިންސް ކޭމްޕްގައި ފިޒިކްސް މާއްދާއާއި ގުޅޭ ޢަމަލީ ބައިތައް ދަރިވަރުން ދަސްކުރަނީ…  އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ސައިންސް މާއްދާތައްކަމަށްވާ ފިޒިކްސް، ބައިލޮޖީ އަދި ކެމިސްޓްރީ މި ތިން މާއްދާގެ އޯލެވެލް އިމްތިހާނުގައި “ޕްރެކްޓިކަލް ޕޭޕަރެއް” ހިމެނިފައި އޮވެއެވެ. މިފަދަ ކޭމްޕެއްގެ ސަބަބުން ދަރިވަރުންނަށް އަމަލީ ތަޖުރިބާތައް ލިބޭނަމަ ޕްރެކްޓިކަލް ޕޭޕަރުގެ ސުވާލުތަކަށް ޖަވާބުދޭން ފަސޭހަ ވެގެންދާނެއެވެ.

މިމަހުގެ 6 ވަނަ ދުވަހުވަނީ ބިޒިނަސް ސްޓްރީމް ދަރިވަރުންނަށްވެސް ބިޒިނަސް ސްޓަޑީޒް މާއްދާގެ ވޯކްޝޮޕެއް ބާއްވާފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *