އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުންގެ ޤުރުއާން މުބާރާތް މިއަދު ނިމޭނެއެވެ. މި މުބާރާތުގެ މަޤްޞަދަކީ، ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި ގުރުއާން ކިޔެވުމުގެ ފަންނު ކުދިންގެ ކިބައިގައި އަށަގެންނެވުމެވެ.
މި މުބާރާތް ކުރިއަށް ދަނީ އެޕްރީލް 27 ވަނަ ދުވަހުން ފެށިގެން އެޕްރީލް 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ 19 އަހަރުން ދަށުގެ އުމުރު ފުރައިގައެވެ. މުބާރާތުގައި ބައިވެރިވެފައިވަނީ ގްރޭޑް 11 އަދި 12 ގެ 49 ދަރިވަރުންނެވެ. މި މުބާރާތް ކުރިއަށްދަނީ ބަލައިގެން ކިޔުމުގެ ބަޔާއި ނުބަލާ ކިޔުމުގެ ބައި ވަކިންނެވެ. މުބާރާތަށް އިންސާފު ކުރާނީ ފަނޑިޔާރުންގެ ޓީމަކުންނެވެ.
ސާނަވީ ދަރިވަރުންގެ ގުރުއާން މުބާރާތް އެޕްރީލް 18 ވަނަ ދުވަހުން ފެށިގެން އެޕްރީލް 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ބާއްވާފައެވެ. މުބާރާތުގައި ދަރިވަރުން ބައިވެރިކޮށްފައިވަނީ، 13 އަހަރުންދަށުގެ އުމުރުފުރައާއި 16 އަހަރުން ދަށުގެ އުމުރު ފުރައިގައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ރަމަޟާން މަހާދިމާކޮށް ވަރައް ރަނގަޅު ކަމެއް ދަރިވަރުންގެ ހިތުގައި ޤުރުއާނައް ލޯބިޖެއްސުމައް ! ދީނުގެ އެންމެ ބޮޑު އެއް އަޅުކަން ޤުރުއާން ރަނގަޅު ކަމެއް މާޝާﷲ .