ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަސް އަޙްމަދިއްޔާގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި މިއަހަރުގެ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ކޮންމެއަހަރަކުވެސް މޭމަހުގެ ދިހަވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހެވެ. ނަމަވެސް އަހްމަދިއްޔާ އިންޓަރ ނޭޝަނަލް ސްކޫލްގައި މިދުވަސް ފާހަގަ ކުރެވިގެން މި ދިޔައީ މޭމަހުގެ 22 ވަނަ ދުވަހުއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެއިން… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި މުޅި އަޙްމަދިއްޔާ ވަނީ ޒީނަތްތެރި ކުރެވިފައެވެ. އެގޮތުން އަޙްމަދިއްޔާގެ ގޯތިތެރެއިން ފެށިގެން ދަރިވަރުން ސްކޫލަށް ވަދެ ނިކުތުމަށްހަމަޖެހިފައިވާ ދެ ދޮރާއްޓާއި ހަމައަށް ވަނީ ތަފާތު ކުލަ ކުލައިގެ ފުއްޕާހަންތަކުން ޒީނަތްތެރި ކުރެވިފައެވެ. މީގެއިތުރުން މުޅި ހުރިހާ ކްލާސްތަކެއްވެސް ވަނީ ރީތިކުރެވިފައެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެއިން… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

 

ކުޑަކުދިންގެ ދުވަހާއި ގުޅިގެން ދަރިވަރުންނަށް ޚާއްޞަ އެސެމްބުލީއެއް ވެސް ވަނީ މިއަދުގެ ހަރަކާތްކުގެ ތެރޭގައި ބާއްވާފައެވެ. މީގެއިތުރުން ދަރިވަރުންނަށް ޚާއްޞަކޮށްގެން ޓީޗަރުންގެ ތަފާތު އެކިއެކި އައިޓަމްތައް ވެސް ވަނީ މިއަދުގެ ހަފްލާގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޓީޗަރުންގެ ޑްރާމާތަކާއި، މަދަހަ، އަދި ތަފާތު ވައްތަރުގެ ނެށުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޕްރީ އަދި ޕްރައިމަރީ ކްލާސްތަކުގައި ވަނީ ހުރިހާ ދަރިވަރުންނަށް ދުވަހާގުޅިގެން ޕާޓީ ބާއްވާފައެވެ. މީގެ އިތުރުން ދަރިވަރުންނަސް ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ކޮންމެ ދަރިވަރަކަށް ސްކޫލްގެ ފަރާތުންވަނީ ހަދިޔާ ދީފައެވެ.

 

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެއިން… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މިއަދު މިބޭއްވުނު ޚާއްޞަ އެސެމްބުލީގައި ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދުގެ އިތުރުން ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަލްފަޟިލާ އައިޝަތު ޝީތާވަނީ ބައިވެރި ވަޑައިގެންފައެވެ. ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ބެލެނިވެރިންގެ ބައިވެރިވުން ވަރަށްބޮޑަށް ލިބިގެންދިޔައެވެ. މިއަދު ފާހަގަ ކުރެވިގެން މި ދިޔަކުޑަކުދިންގެ ދުވަހަކީ ކޮވިޑަށްފަހު، އަޙްމަދިއްޔާގައި ބޭއްވުނު އެންމެ ބޮޑު އެއް ހަރަކާތެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *