އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އަޙްމަދިއްޔާގެ 19 އަހަރުން ދަށުގެ އަންހެން ޓީމް ޗެމްޕިއަންކަން ހޯދައިފި

މިއަހަރުގެ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ  19 އަހަރުން ދަށުގެ އަންހެން ޓީމް ޗެމްޕިއަންކަން ހޯދައިފިއެވެ. އަޙްމަދިއްޔާއިން މި މުބާރާތުގައި ބައިވެރިވެފައިވަނީ 4 އުމުރުފުރައިގައެވެ. އެއީ 13 އަހަރުން ދަށާއި 15 އަހަރުންދަށާއި 17 އަހަރުންދަށާއި އަދި 19 އަހަރުންދަށުގެ އުމުރުފުރައިގައެވެ.

19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި އަންހެން ޓީމް އޮފިޝަލުންނާއެކު އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

48 ސްކޫލަކުން ބައިވެރިވި މި މުބާރާތުގައި އަޙްމަދިއްޔާވަނީ ކުލަގަދަ ކާމިޔާބީތަކެއް ހޯދާފައެވެ.  މިމުބާރާތުގައި 13 އަހަރުންދަށުގެ ފިރިހެން ޓީމް މުޅި މުބާރާތުން 3 ވަނަ ހޯދިއެވެ. 1800 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި އެތްލެޓިކްސް މުބާރާތުގައި އެކިއެކި އިވެންޓްތަކުންވެސް އަޙްމަދިއްޔާ ވަނީ ވަރަށް ފުރިހަމަ ވަނަތަކެއް ހާޞިލް ކޮށްފައެވެ.

އެތުލެޓިކްސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.. އަޙްމަދިއްޔާ ފޮޓޯ ހަރުޝާ

19 އަހަރުން ދަށުގެ އަންހެން  އުމުރު ފުރާގައި ބައިވެރިވެ 400 މީޓަރ ދުވުމުން 3 ވަނަ ރާޔަތު އަބްދުالله ހޯދިއިރު 19 އަހަރުން ދަށުގެ ފިރިހެން 400 މީޓަރ ދުވުމުން 1 ވަނަ މުހައްމަދު އައިހަމް ވަނީ ހޯދާފައެވެ. 19 އަހަރުން ދަށުގެ އަންހެން  400 މީޓަރ ރިލޭ އިން 1 ވަނަ ހާޞިލް ކޮށްފައިވަނީވެސް އަހުމަދިއްޔާ އެވެ. 19 އަހަރުން ދަށުގެ ފިރިހެން 400 މީޓަރ ރިލޭ އިން 3 ވަނަ ހޯދީވެސް އަހުމަދިއްޔާ އެވެ.

އެތުލެޓިކްސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.. އަޙްމަދިއްޔާ ފޮޓޯ ހަރުޝާ

19 އަހަރުން ދަށް އަންހެން 800 މީޓަރ 1 ވަނަ ފަސުހާ އަހުމަދަށް ލިބުނުއިރު  17 އަހަރުން ދަށް އަންހެން 800 މީޓަރ 2 ވަނަ ހަދީޖާ ހަޔާ ވަނީ ހޯދާފައެވެ. 19 އަހަރުން ދަށް އަންހެން 200 މީޓަރ އާއި 100 މީޓަރ އިންވެސް  3 ވަނަ ހޯދީ މަރިޔަމް ޝައިމާ އެވެ. 19 އަހަރުން ދަށް ފިރިހެން 5000 މީޓަރ އިން 2 ވަނަ އައިމަން ޚާލިދެވެ.

19 އަހަރުން ދަށް ފިރިހެން 5000 މީޓަރ 3 ވަނަ މަދުސަންކަރ ވަނީ ހޯދާފައެވެ  19 އަހަރުން ދަށް އަންހެން ޑިސްކް ތުރޯ އިން 1 ވަނަ އައިޝަތު ޝިފާ ލިބިފައިވާއިރު 19 އަހަރުން ދަށް އަންހެން ޑިސްކް ތުރޯ އިން 2 ވަނަ އައިޝަތު ދުމްނާވަނީ ހޯދާފައެވެ.  19 އަހަރުން ދަށް ފިރިހެން 400 މީޓަރ ރިލޭއިން 2 ވަނައާއި  19 އަހަރުން ދަށް އަންހެން 400 މީޓަރ ރިލޭއިން 1 ވަނަ އަހުމަދިއްޔާވަނީ ހޯދާފައެވެ.

19 އަހަރުން ދަށް ހައިޖަމްޕް 1 ވަނަ ލީވާންއަށް ލިބުނުއިރު، 19 އަހަރުން ދަށް ހައިޖަމްޕް 3 ވަނަ މަރިޔަމް ސައިމާ ވަނީ ހޯދާފައެވެ، އަދި 19 އަހަރުން ދަށް ހައިޖަމްޕް 2 ވަނަ ލިބުނީ އިހުސާން އަށެވެ. 19 އަހަރުންދަށް 1500 މީޓަރ 1 ވަނަ ފަސުހާ އަހުމަދު ހޯދިއިރު 19 އަހަރުން ދަސް ޖުވެލިން 3 ވަނަ އައިޝަތު ދުމްނާ އަށްވަނީ ލިބިފައެވެ. 17 އަހަރުންދަށް 1500 މީޓަރ 3 ވަނަ ހަދީޖާ ހަޔާ ހޯދިއިރު 19 އަހަރުން ދަށް ޖެވެލިން 1 ވަނަ މާހިލް ވަނީ ހޯދާފައެވެ.  19 އަހަރުން ދަށް ލޯންގް ޖަމްޕް 3 ވަނަ އިޖުލާލް އަށް ލިބުނުއިރު 19 އަހަރުން ދަށް 5000 މީޓަރ 1 ވަނަ ފަސުހާ އަހުމަދު ވަނީ ހޯދާފައެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

  1. ފަސޫހާ 5000މ އިން ވަނީ މިޓް ރެކޯ ހަދާފަ

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *