ބުރާސްފަތި, 17 އޭޕްރިލް 2025

އެސްއެސްސީ އިމްތިހާން ފެށިއްޖެ

ގްރޭޑް 10 ގެ ދަރިވަރުންގެ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާން މިއަދު ފެށިއްޖެއެވެ. މިއަދު 9:00 ގައި އޮތީ އިސްލާމް ކަރުދާސް 2 އެވެ. މާދަމާ އޮންނާނީ އިސްލާމް މާއްދާގެ ކަރުދާސް 1 އެވެ. އެސްއެސްސީ އިމްތިހާން ގެ ދިވެހިބަހުގެ ކަރުދާސް 1 އޮންނާނީ ޖޫން 5 ވާ އާދީއްތަ ދުވަހުއެވެ. ކަރުދާސް 2 އޮންނާނީ ޖޫން 6 ވާ ހޯމަ ދުވަހުއެވެ. މީގެ ކުރިން ދިވެހި އަދި އިސްލާމް މާއްދާ ތާވަލް ކޮށްފައި އޮންނަނީ އޯލެވެލް އިމްތިހާންގެ އެންމެ ކުރިއަށެވެ. ނަމަވެސް މިއަހަރު މިއޮތީ އޯލެވެލް އިމްތިހާން ގެ ވަރަށް ފަހަތަށް ލާފައެވެ.

މިއަދުގެ އިސްލާމް އިމްތިހާން ފެށުމުގެ ކުރިން…. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިހާނު  ރާއްޖޭގައި ފަށާފައިވަނީ މޭމަހުގެ 4 ވަނަދުވަހުއެވެ. އޯލެވެލް އިމްތިހާންގެ އެންމެ ފަހު ކަރުދާސް އޮންނާނީ މި ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. މި އިމްތިހާނުގައި އަޙްމަދިއްޔާ އިންޓަރނޭޝަލް ސްކޫލުން ބައިވެރިވެފައިވަނީ  182 ދަރިވަރުންނެވެ.

މިއަދުގެ އިސްލާމް އިމްތިހާން ފެށުމުގެ ކުރިން…. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މިއަހަރުގެ އިމްތިހާނުގައި ރާއްޖޭގެ 239 ސެންޓަރަކުން 5939 ދަރިވަރުން ބައިވެރިވިއެވެ. މީގެ އިތުރަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންގެ ބެލުމުގެ ދަށުން، ސްރީ ލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރާއި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ވެސް ދިވެހި ދަރިވަރުން މި އިމްތިހާނުގައި ބައިވެރިވި އެވެ.

މިއަދުގެ އިސްލާމް އިމްތިހާން ފެށުމުގެ ކުރިން…. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މީގެ ކުރިން ރާއްޖޭގައި އޯލެވެލް އިމްތިހާނު ބާއްވަމުން އައީ އޮކްޓޯބަރު/ނޮވެމްބަރުގަ އެވެ. އެކަމަކު 2020 ވަނަ އަހަރު ކޮވިޑްގެ ސަބަބުން މުއްދަތެއް ނެތް ގޮތަށް އޯލެވެލް އިމްތިހާނު ފަސްކުރުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ދިރާސީ އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފަށާ ގޮތަށް ބަދަލުކޮށް މެއި/ޖޫންގައި އޯލެވެލް އިމްތިހާނު ބާއްވާ ގޮތަށް ބަދަލުކުރާށެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *