ި މަހުގެ އެއްވަނަ ދުވަހު ފެށުނު ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާގައި އަޙުމަދިއްޔާ ސްކޫލްގެ ގްރޭޑް ދޭއް އަދި އެކެއްގެ ދަރިވަރުންވަނީ ބައިވެރިވެފައެވެ. މިއީ ކޮންމެ އަހަރަކުވެސް ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ބާއްވަމުންއަންނަ މުބާރާތެކެވެ. މި މުބާރާތުގައި މާލޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ކުޅުން އޮތީ ހެންވޭރު ދަނޑުގައެވެ.
މި މަހުގެ އެއްވަނަ ދުވަހު މި މުބާރާތުގައި އަހްމަދިއްޔާ ސްކޫލްގެ ދަރިވަރުންގެ ފުރަތަމަ މެޗުގައި ގްރޭޑް އެކެއްގެ ދަރިވަރުން ބައްދަލުކުރީ ކަލާފާނު ސްކޫލުގެ ދަރިވަރުންނާއެވެ.
ގްރޭޑް އެކެއް އަދި ދޭއްގެ ދަރިވަރުން ދެ ގްރޫޕަކަށް ވަނީ، ބަހާލާފައެވެ. އެގޮތުން ގްރޫޕް އޭ އަދި ބީގައި ހިމެނޭ ދަރިވަރުން މިއިން ކޮންމެ ސްކޫލަކާއެކު ވެސް ދެ މެޗު ކުޅުނެވެ. ދެވަނަ މެޗުގައި ގްރޭޑް އެކެއްގެ ދަރިވަރުން ބައްދަލުކުރީ ރެހެންދި ސްކޫލާއެވެ. ތިންވަނަ މެޗުގައި ބައްދަލުކުރީ ޤާޒީ ސްކޫލާއެވެ.
ގްރޭޑް 2 ގެ ދަރިވަރުންގެ ފުރަތަމަ މެޗުކުޅުނީ އަމީނިއްޔާ ސްކޫލާއެވެ. މީގެ އިތުރުން ދެވަނަ މެޗުގައި ގައި ބައްދަލުކުރަނީ ތާޖުއްދީން ސްކޫލާއެވެ. ގްރޭޑް 2ގެ ތިންވަނަ މެޗު އަޙްމަދިއްޔާގެ ދަރިވަރުން ކުޅުނީ މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންނާއެވެ. އެގޮތުން މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ނިމި އަޙްމަދިއްޔާ ގެ ދަރިވަރުން ކްއާޓަރ ފައިނަލަށް ދިޔައެވެ.
ކުއާޓަރފައިނަލުންވެސް އަޙްމަދިއްޔާ މޮޅުވިއެވެ.އެއަށްފަހު ސެމީފައިނަލުން އަޙްމަދިއްޔާ ގްރޭޑް އެކެއް އަދި ދޭއްގެ ދަރިވަރުން ޖާގަ ހޯދިއެވެ. މިދިޔަ ހުކުރު ދުވަހު ސެމީފައިނަލް ކުޅެގެން ގްރޭޑް އެކެއްގެ ދަރިވަރުން ފައިނަލަށް ދިޔައެވެ. ގްރޭޑް ދޭއްގެ ދަރިވަރުންނަށް ފައިނަލާ ހަމައަށް ދަތުރުކުރެވޭ ވަރެއް ނުވިއެވެ. އެހެންނަމަވެސް މުބާރާތުގައި ކުޅުނު މެޗުތަކަށް ބަލައި ތިންވަނަ ހޮވުމަށް ކުޅުނު މެޗުން އަހުމަދިއްޔާ ގްރޭޑް ދޭއްގެ ދަރިވަރުން ވަނީ ތިންވަނަ ޙާސިލް ކޮށްފައެވެ. މިއީވެސް އަހްމަދިއްޔާއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ގްރޭޑް އެކެއްގެ ދަރިވަރުން ޕްލޭޓް ފައިނަލްގައި ވާދަކޮށް މުބާރަތުގެ ޗެމްޕިއަންސްކަންވެސްވަނީ ހޯދާފައެވެ.