އިންޓަރކްލާސް ޤުރުއާން މުބާރާތް ނިމި ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދީފި!

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް އިންޓަރކްލާސް ޤުރުއާން މުބާރާތް ނިމި ދަރިވަރުންނަށް ތަށްޓާއި ސެޓްފިކެޓް ދިނުން ބާއްވައިފިއެވެ. ހުސްވި މާރިޗު މަހުގެ 26 ވަނަ ދުވަހު ބޭއްވި އިންޓަރކްލާސް ޤްރުއާން މުބާރާތުގެ ވަނަތައް ހޮވައި ބައިވެރިންނަށް އިނާމާއި ތަށްޓާއި ސެޓްފިކެޓް ދިނުން އޮތީ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ.

ޤުރުއާން މުބާރާތުގެ ވަނަވަނައަށް ދިޔަ ދަރިވަރުންނަށް ތަށި ހަވާލުކޮށްދެއްވަނީ… އަހްމަދިއްޔާ ފޮޓޯ: ހަރުޝާ

މި މުބާރާތުގައި ބައިވެރިވެ ވަނަތައް ހޯދި ދަރިވަރުންނަށް ތަށްޓާއި ،އިނާމާއި، ސެޓްފިކެޓް ދެއްވީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުހައްމަދު ރަޝީދެވެ. މި މުބާރާތުގެ އިނާމުދިނުމުގެ ހަފުލާ އޮތީ ސްކޫލްގެ ހޯލުގައެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.

ޤުރުއާން މުބާރާތުގެ ވަނަވަނައަށް ދިޔަ ދަރިވަރުންނަށް ތަށި ހަވާލުކޮށްދެއްވަނީ… އަހްމަދިއްޔާ ފޮޓޯ: ހަރުޝާ

އިންޓަރކްލާސް ޤުރުއާން މުބާރާތުގައި ބައިވެރިވި ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުން ކެޓަގަރީއެއްގައި ބައިވެރިވެ ވާދަކުރުމުގެ ފުރުސަތު އޮތެވެ. އެގޮތުން ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ދެވަނަ، ތިންވަނަ ހޮވިއެވެ.  މި ދެބައިން ވެސް އެންމެ މޮޅު ދަރިވަރަކު ހޮވައި އެ ދަރިވަރަށް ތަށްޓާއި، ސެޓްފިކެޓް ދިނެވެ.

ޤުރުއާން މުބާރާތުގެ ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވަނީ… އަހްމަދިއްޔާ ފޮޓޯ: ހަރުޝާ

މީގެ އިތުރުން ކޮންމެ ގްރޭޑަކުން ވެސް  އެންމެ މޮޅު ފަސް ދަރިވަރަކު ހޮވައި އިނާމު ދިނެވެ. މީގެއިތުރުން މުޅި މުބާރާތުން އެންމެ މޮޅު ތިން ކްލާސް ހޮވައި އެކުލާސްތަކަށް ތަށިދެވުނެވެ.  މި މުބާރާތުގެ މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމެވެ. އެގޮތުން މި މުބާރާތުގައި ގިނަ ދަރިވަރުންތަކެއް ބައިވެރިވެ، އެކިއެކި ވަނަތައް ޙާޞިލް ކުރިއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *