އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 10ގެ ކުލާސްތަކުގެ މެދުގައި ކުޅެވޭ "އިންޓަރ ކްލާސް ހޭންޑް ބޯލް" މުބާރާތް އިއްޔެ ވަނީ ފަށާފައެވެ. މިއީ އަޙްމަދިއްޔާގެ ގްރޭޑް 10ގެ އަންހެން ކުލާސްތަކުގެ މެދުގައި ފެށި މުބާރާތެކެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކުރާގޮަތަށް ފެށި މި މުބާރާތުގައި އިއްޔެ ކުޅެވުނީ 2 މެޗެވެ. ފުރަތަމަ ބައްދަލުކުރީ، 10އޭ އާއި 10ބީ އެވެ.

މިމެޗް 3-3 ން ވީ އެއްވަރެވެ. 2 ވަނަ މެޗްގައި ބައްދަލުކުރީ 10ބީ އާއި 10 ސީއެވެ. މިމެޗް 3-4 ން މޮޅުވީ 10ސީ އެވެ. މި މުބާރާތުގެ ކުޅުން މިއަދުވެސް އޮންނާނެއެވެ. މިއަދު އޮންނާނީ މިހާރު ނުކުޅެވި އޮތް 10އޭ އާއި 10ސީ އެވެ. އެއަށް ފަހު އޮންނާނީ މުބާރާތުގެ ފައިނަލަށްހޮވޭ 2 ޓީމްގެ ފައިނަލް މެޗެވެ.