އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 10ގެ ކުލާސްތަކުގެ މެދުގައި އިއްޔެ ކުޅެވުނު އިންޓަރ ކްލާސް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް 10އީ އާއި 10އެފް ހޮވިއްޖެއެވެ. މި މުބާރާތަކީ، ގްރޭޑް 10 ގެ ދަރިވަރުން އޯލެވެލް އިމްތިހާން ނިމުމުން އެކުދިންގެ ސިކުނޑި ތާޒާކޮށް ކުދިންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި މުބާރާތެކެވެ. ގްރޭޑް 10ގެ ފިރިހެން 3 ކުލާސް ވާދަކުރާގޮތަށް ކުޅެވުނު މި މުބާރާތުގައި އިއްޔެ ކުޅެވުނީ 3 މެޗެވެ.

މި މުބާރާތް ޝަރަފްވެރި ކޮށްދެއްވީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.
އިއްޔެ ފެށުނު މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ، 10ޑީ އަދި 10 އީ އެވެ. 0-1 ން މޮޅުވީ، 10އީ ކުލާހެވެ.

ދެވަނަ މެޗްގައި ބައްދަލުކުރީ 10 އެފް އަދި 10ޑީ އެވެ. 0-2 ން މޮޅުވީ 10އެފް އެވެ. 3 ވަނަ މެޗް ގައި ބައްދަލުކުރީ 10އީ އާއި 10 އެފް އެވެ. މި މެޗް 0-4 ން މޮޅުވީ 10 އެފް ކުލާހެވެ.
ފައިނަލް މެޗްގެ ކުޅުން އޮންނާނީ މިއަދު 2 ޖަހާއިރުއެވެ.