ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 10 އެފް ހޯދައިފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 10ގެ ކުލާސްތަކުގެ މެދުގައި ކުޅެވުނު އިންޓަރ ކްލާސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 10 އެފް ހޯދައިފިއެވެ. ފައިނަލްގައި 10 އީ ކުލާހާއި ބައްދަލުކޮށް 10އެފް ޗެމްޕިއަންކަން ހޯދީ 3 ލަނޑު 1 ލަނޑުންނެވެ. ގްރޭޑް 10ގެ ފިރިހެން 3 ކުލާސް ވާދަކުރާގޮތަށް ކުޅެވުނު މި މުބާރާތުގައި 10އެފް ފައިނަލަށް ދަތުރުކުރީ 10 ޑީ އާއި 10އީ ބަލިކޮށްފައެވެ. 10 އީ ފައިނަލަށް ދިޔައީ، 10ޑީ އާއިއެކު ކުޅުނު މެޗުން މޮޅުވެގެންނެވެ. 10 އެފްގެ މެޗުން ބަލިވީއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ހޮވުނު 10ޑީގެ ޢަބްދުއްސަލާމް އަށް ޕްރިންސިޕަލް ތަށިދެއްވަނީ.. އަޙްމަދިއްޔާ ފޮޓޯ ހަރުޝާ
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ހޮވުނު 10އެފްގެ ސާއިމް އަޙްމަދު ޝިހާމަށް ޕްރިންސިޕަލް ތަށިދެއްވަނީ.. އަޙްމަދިއްޔާ ފޮޓޯ ހަރުޝާ
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ހޮވުނު 10އެފްގެ މުޙައްމަދު މާކިން އިބްރާހީމަށް ޕްރިންސިޕަލް ތަށިދެއްވަނީ.. އަޙްމަދިއްޔާ ފޮޓޯ ހަރުޝާ
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ހޮވުނު 10އެފްގެ މީސަމް މޫސާ އަށް ޕްރިންސިޕަލް ތަށިދެއްވަނީ.. އަޙްމަދިއްޔާ ފޮޓޯ ހަރުޝާ

މެޗް ނިމުމުން މުބާރާތުގެ ވަނަވަނައަށް ދިޔަ ޓީމާއި ދަރިވަރުންނަށް ތަށި ހަވާލުކޮށްދެއްވީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ، 10ޑީގެ ޢަބްދުއްސަލާމް އާއި 10އީ ގެ މުޙައްމަދު އަމާން އާއި 10އެފްގެ ސާއިމް އަޙްމަދު ޝިހާމާއި މުޙައްމަދު މާކިން އިބްރާހީމާއި، މީސަމް މޫސާ އެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *