ބުރާސްފަތި, 17 އޭޕްރިލް 2025

ޕްރީކަބް އަދި ކަބް ސްކައުޓުންނަށް ހުވާލައިދީފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރީކަބް އަދި ކަބުސްކައުޓް ދަރިވަރުންނަށް ހުވާލައިދީފިއެވެ. މި ރަސްމިއްޔާތު އޮތީ މިމަހުގެ ފަނަރަ ވަނަދުވަހު ސްކޫލްގެ ހޯލުގައެވެ. އެގޮތުން 2022 ވަނަ އަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މިވަނީ  ޕްރީކަބް އަދި ކަބުސްކައުޓްގެ ދަރިވަރުންނަށް ހުވާލައިދިނުމާއި އެކު އެ ދަރިވަރުންގެ ސްކާފް ހަވާލުކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދާއި ސްކޫލްގެ ސީނިއަރ އެސިސްޓްންޓު ޕްރިންސިޕަލުންނާއި، ސްކައުޓް އެސޯޝިއޭޝަންގެ ބައެއް ބޭފުޅުންނެވެ. މި ރަސްމިއްޔާތުގައި ސްކައުޓް ލީޑަރުންނާއި ސްކޫލްގެ ބައެއް ލީޑިންޓީޗަރުންނާއި، ބެލެނިވެރިންވެސް ބައިވެރިވެ، ވަޑައިގަތެވެ.

މި ރަސްމިއްޔާތު ބޭއްވުނީ ދެ ދަންފަޅިއެއްގައެވެ. އެގޮތުން ޕްރީކަބްގެ ދަރިވަރުންނަށް ހުވާލައިދިނުމާއި، ސްކާފް ހަވާލުކުރުން އޮތީ އެ ދުވަހުގެ ހަވީރު 3:30 ގައެވެ. ހަމައެއާއެކު ކަބް ސްކައުޓާއި އަލަށް ގުޅުނު ދަރިވަރުންނަށް ހުވާލައިދިނުމާއި ސްކާފް ދިނުން އޮތީ އެރޭގެ 8:15ގައެވެ. ދަރިވަރުންނަށް ހުވާލައިދެއްވީ ސްކައުޓް ލީޑަރ އަހުމަދު އަންވަރެވެ. މީގެ އިތުރުން ދަރިވަރުންނަށް ސްކާފް ހަވާލުކޮށްދެއްވީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ. މިރަސްމިއްޔާތުގައި ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަހްމަދު ޝަފީޤު ދަރިވަރުންނާއި މުޚާތަބުކޮށް ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން ނެޝަނަލް ޔޫތު ކައުންސިލްގެ ވައިސް ޗެއާރޕާސަން އަނޫފު ޢަބުދުﷲ ގެ ވާހަކަފުޅުގައި ދަރިވަރުންނަށް ވަރަށް އަގުހުރި ނަސޭހަތްތަކެއް ދެއްވިއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *