ސާނަވީ ތަޢުލީމް ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާ ބާއްވައިފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ 2022 ވަނަ އަހަރު ސާނަވީ ތަޢުލީމް ނިންމި ދަރިވަރުންނަށް ދަސްވެނިވުމުގެ ހަފްލާ ރޭ 8:30 ގައި ބާއްވައިފިއެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވަމުން ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، ދަރިވަރުން ޘާނަވީ މަރުޙަލާ ނިމުނު ކަމުގައި ވިޔަސް ކިޔެވުން ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އަޒުމް ކަނޑަ އެޅުމަށާއި، މަތީ ޘާނަވީއަށް ނުވަތަ އޭ.ލެވެލް އަށް ކިޔެވުމަކީ ހުރިހާ ކުދިންވެސް އަޒުމެއް ކަމަށް ހެދުމަށެވެ. އަދި ދަރިވަރުންގެ މުސްތަޤްބަލު ބިނާވެފައި އޮތީ ދަރިވަރުން ހޯދާ ޢިލްމެއްގެ މައްޗަށްކަން އެއީ ދެބަސްވުމެއް ނެތް ހަޤީގަތެއް ކަމަށް ވިދާޅުވިއެވެ.

ދަސްވެނިވުމުގެ ހަފްލާގައި ޕްރިންސިޕަލް ވާހަކަފުޅު ދައްކަވަނީ… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

"އޯ.ލެވެލް އިމްތިޙާނުން ދަށް ނަތީޖާ އެއް ލިބުނުކަމުގައި ވިޔަސް އޭ.ލެވެލް އިމްތިހާނުން އެއަށްވުރެ ރަނގަޅު ނަތީޖާއެއް ލިބުމަކީ މަސައްކަތް ކޮށްފިނަމަ ކޮންމެ ކުއްޖަކަށްވެސް ކުރެވިދާނެ ކަމެއް. އެހެންކަމުން އިތުރަށް ކިޔެވުމަށް ހުރިހާކުދިންވެސް އަޒުމް ކަނޑަ އެޅުމަށް މިރޭ ނަސޭހަތްތެރިވަން. އަދި، އަޙްމަދިއްޔާގައި ތިޔަކުދިންނަށް އޭ.ލެވެލް އަށް ކިޔެވުމުގެ ފުރުޞަތު ހުޅުވިފައި އޮތް ވާހަކަވެސް މިފުރުޞަތުގައި ފާހަގަކޮށްލަން. " ޕްރިންސިޕަލް ވިދާޅުވިއެވެ.

މި ޙަފްލާގައި ސްކޫލްގެ ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުންނާއި ގްރޭޑް 10 އަށް ކިޔަވައިދެއްވި މުދައްރިސުންނާއި ބެލެނިވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. 2022 ވަނަ އަހަރު ސާނަވީ ތަޢުލީމް ނިންމި ދަރިވަރުންނަށް ހަނދާނީ ފިލާ ބައްސަވައިދެއްވީ މިސްކޫލުން ތަޢުލީމް ޙާޞިލް ކުރެއްވި ދަރިވަރުންނެވެ.

ގްރޭޑް 10އޭގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ އައިޖީއެމްއެޗްގެ ނެފްރޮލޮޖިކަލް ސެންޓަރގެ މެޑިކަލް އޮފިސަރ ޑރ. ފާޠިމަތު ނަޝާ އެވެ.

ގްރޭޑް 10ބީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ހުޅުމާލޭ ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރ ޑރ. ހަލީމާ ހާރޫން އެވެ.

ގްރޭޑް 10ސީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް ގެ ޑިރެކްޓަރ އަލްފާޟިލާ ޢައިޝަތު ނާޒުއެވެ.

ގްރޭޑް 10ޑީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ މޯލްޑިވިއަންގެ ސީނިއަރ ފަސްޓް އޮފިސަރ އެއާރބަސް އޭ 320، ޓެކްނިކަލް ޕައިލެޓް އެންޑް ޑެޕިއުޓީ މެނޭޖަރ އޮފް ފްލައިޓް އޮޕަރޭޝަންސް ޓެކްނިކަލް އަލްފާޟިލް މުޙައްމަދު އަނަސް މާޒެވެ.

ގްރޭޑް 10އީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ އައިޖީއެމްއެޗްގެ ޑިޕާޓްމެންޓް އޮފް އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖަރީގެ މެޑިކަލް އޮފިސަރ ޑރ. ޝަހުބާން ރަޝީދު އަޙްމަދެވެ.

ގްރޭޑް 10އެފްގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ސާސް އީ ކޮންސްޓްރަކްޝަން ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ސަޢުދުﷲ އަޙްމަދެވެ.

މިރަސްމިއްޔާތުގައި ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރުންގެ ތެރެއިން ގަދަ 10 އަށް ހޮވުނު ދަރިވަރުންނަށް ހަނދާނީ ފިލާ ދިނުންވެސް އޮތެވެ. ހަނދާނީފިލާ ބައްސަވައިދެއްވީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.

ގްރޭޑް 10 ން 1 ވަނަ ދަރިވަރަކަށް ހޮވުނީ ގްރޭޑް 10އޭގެ ޙައްވާ ރިފާތު ޝަކޫރެވެ.

2 ވަނައަށް ހޮވުނީ 10 ސީގެ އަމަތުﷲ ޝަރީފް އަޙްމަދެވެ.

3 ވަނަ ލިބުނީ 10 ސީގެ ޢައިޝަތު ޔަޝްމީ ބަޝީރެވެ.

މިޙަފްލާގައި ގްރޭޑް 9 ގެ ދަރިވަރުންގެ އައިޓަމެއް ހުށަހެޅުން އޮތެވެ. ދަސްވެނިވި ދަރިވަރުންގެ ފަރާތުން ވާހަކަދެއްކީ، ސްކޫލް ކެޕްޓަން އިޔާން ޢަލީ މޫސާއެވެ. ޙަފްލާ ނިމުނީ ގައުމީ ސަލާމުންނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *