އިންޓަރކްލާސް ދިވެހިއަދަބީ ފޯވައްސާއި އިނގިރޭސި ލިޓަރަރީ މުބާރާތްނިމި ވަނަވަނަ ހޮވައިފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 2022 ވަނަ އަހަރުގެ ދިވެހި އަދަބީ ފޯވައްސާއި އިނގިރޭސި ލިޓަރަރީ އިންޓަރކްލާސް މުބާރާތުން ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުން މިއަދު ބާއްވައިފިއެވެ. ގްރޭޑް 1، 2، އަދި 3 ގެ ދަރިވަރުންނަށް އިނާމު ދިނުމުގެ ހަފުލާއޮތީ މެންދުރު 2:15 ގައެވެ. ގްރޭޑް 4،5، އަދި 6 ގެ ދަރިވަރުންނަށް އިނާމު ދިނުން އޮތީ ހަވީރު 5:15 ގައެވެ.

އަދަބީ މުބާރާތަކުން ވަނައަށްދިޔަ ދަރިވަރަކަށް ޕްރިންސިޕަލް އިނާމު ދެއްވަނީ.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ދިވެހި އަދަބީ ފޯވަހީގައި ކޮންމެ ގްރޭޑަކަށް ވެސް ފަސް ހަރަކާތެއް ބާއްވާފައިވެއެވެ. އޭގެތެރޭގައި ، ޅެންކިޔުން، ބަނދިކިޔުން، ޚަބަރުކިޔުން، އަތުލިޔުން، ވާހަކަދެއްކުން، ބަސްހެދުން، ބަސްކޮށާރު ފަދަ ހަރަކާތްތައް އެކި ގްރޭޑްތަކުގައި ބާއްވާފައިވެއެވެ. މި ހަރަކާތްތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ކޮންމެ ގްރޭޑަކުން ވެސް އެންމެ މޮޅު ފަސްދަރިވަރުން ހޮވައި އެ ދަރިވަރުންނަށް ހަނދާނީލިޔުމާއި އިނާމުދިނުން އޮތެވެ. އިނާމުތައް ބައްސަވައި ދެއްވީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދެވެ. މީގެއިތުރުން ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލާ ޢައިޝަތު ޝީތާ ވެސް ވަނީ ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދެއްވާފައެވެ.

އަދަބީ މުބާރާތަކުން ވަނައަށްދިޔަ ދަރިވަރަކަށް ޕްރިންސިޕަލް އިނާމު ދެއްވަނީ.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ދިވެހި އަދަބީ ފޯވަހީގައި ބައިވެރިވި ގިނަ ދަރިވަރުންތަކެއް ވަނީ ތަފާތުވަނަތައް ހޯދާފައެވެ. މީގެއިތުރުން އެންމެ މޮޅު ކްލާސްތަކަށް ވެސް ވަނީ ހަނދާނީ ލިޔުން ދީފައެވެ. އެގޮތުން ގްރޭޑް އެކަކުން 1ވަނައަށް ދިޔައީ ގްރޭޑް 1 ބީއެވެ. 2 ވަނަ ގްރޭޑް 1 ޑީއެވެ. 3ވަނަ ގްރޭޑް 1އޭ އެވެ. ގްރޭޑް 2 ން 1ވަނަ 2 ޑީ، 2ވަނަ 2 އޭ އަދި 2 އީއެވެ. 3ވަނަ އަށް ދިޔައީ ގްރޭޑް 2 ސީއެވެ. ގްރޭޑް 3 ގެ 1ވަނައަށް ދިޔައީ 3 ޑީ، ދެވަނަ 3 އޭ އަދި 3ވަނަ 3ބީއެވެ. ގްރޭޑް 4 ން 1ވަނަ، 4ބީ، 2ވަނަ 4ޑީ، އަދި 3ވަނަ 4އޭ ކްލާހެވެ. ގްރޭޑް 5 ން 1ވަނަ ކްލާހަކީ 5 އޭ، 2ވަނަ 5 ޑީ، އަދި 3ވަނަ 5 ސީއެވެ. ގްރޭޑް 6ން 1ވަނައަށް ދިޔައީ 6 ބީ އަދި 6 ސީއެވެ. 2ވަނަ 6 އޭއަދި 3ވަނަ 6 ޑީއެވެ.

އަދަބީ މުބާރާތަކުން ވަނައަށްދިޔަ ދަރިވަރަކަށް ޕްރިންސިޕަލް އިނާމު ދެއްވަނީ.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މީގެއިތުރުން ގްރޭޑް 6ގެ ތަސްވީރަށް ވާހަކަ ލިޔުމުގެ މުބާރާތުން 1ވަނައަށް އައީ ގްރޭޑް 6 ބީ ގެ ދަރިވަރު ފާތިމަތު މިޝްޔާ މުޙައްމަދެވެ. ގްރޭޑް 5 ގެ ތަސްވީރަށް ވާހަކަލިޔުމުން 1 ވަނައަށް އައީ ގްރޭޑް 5އޭގެ ދަރިވަރު މަރިޔަމް ރީތަލް މުޙައްމަދު ޒާހިރެވެ. ގްރޭޑް 4 ކުން ތަސްވީރަށް ވާހަކަލިޔުމުން 1ވަނައަށް އައީ މުޙައްމަދު ޒައުލް ޒިލާހު 4 ޑީއެވެ. ކުއްލި މައުޟޫއަށް ވާހަކަދެއްކުމުން ގްރޭޑް 6 ން 1ވަނައަށް  ދިޔައީ 6 ސީގެ ދަރިވަރު ބިލާލުބިން އަޙުމަދެވެ. ބަސްކޮށާރުން ގްރޭޑް 6 ން 1ވަނައަށް ދިޔައީ އައިޝަތު ޢީން ހުސައިން އަފީފެވެ. ވާހަކަކިޔުމުން ގްރޭޑް 2 ކުން އެއްވަނައަށް ދިޔައީ ގްރޭޑް 2 އީގެ ދަރިވަރު އަޙްމަދު ޔަލާ އިބްރާހީމެވެ. މީގެއިތުރުންވެސް އެތައް ހަރަކާތްތަކަކުން ވަނަވަނަ ހޮވައި އިނާމާއި ހަނދާނީ ލިޔުން ދެވުނެވެ.

އަދަބީ މުބާރާތަކުން ވަނައަށްދިޔަ ދަރިވަރަކަށް ޕްރިންސިޕަލް އިނާމު ދެއްވަނީ.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މިފަދަ މުބާރާތްތައް ބޭއްވުމުގެ މަޤުޞަދަކީ ދަރިވަރުންގެ އެކިއެކި ހުނަރުތައް ދެނެގަތުމާއި ތަފާތު އަދަބީ ކަންކަމަށް ލޯބިޖެއްސުމެވެ. މިއީ ކޮވިޑަށް ފަހު ބޭއްވުނު އެންމެ ބޮޑު އަދަބީ ހަރަކާތެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *