ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް ލިބުނު ދަރިވަރަކަށް ރައީސުލްޖުމުހޫރިއްޔާ ލިޔުން ހަވާލުކޮށްދެއްވަނީ: ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕް 6 ދަރިވަރުންނަށް

މަތީ ސާނަވީން ފަސް މާއްދާއިން އޭސްޓާ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމުހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕް، ސީއެޗްއެސްއީގެ ހަ އަންހެން ދަރިވަރުންނާއި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ އަންހެން ދަރިވަރަކަށް ލިބިއްޖެއެވެ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ އެ ދަރިވަރުންނާ ރޭ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް ލިބުނު ދަރިވަރަކަށް ރައީސުލްޖުމުހޫރިއްޔާ ލިޔުން ހަވާލުކޮށްދެއްވަނީ: ފޮޓޯ: ރައީސް އޮފީސް

ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން ރައީސުލްޖުމުހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕް ހޯދި ފަސް ދަރިވަރުންނަކީ: އާމިނަތު ނޫހާ ނިމާލް 6 އޭ ސްޓަރސް (ސީއެޗްއެސްއީ)،  އިބާ އާދަމް 6 އޭ ސްޓާރސް (ޖަލާލުއްދީން ސްކޫލް)، އައިން އަލީ ރަޝީދު 5 އޭ ސްޓަރސް (ސީއެޗްއެސްއީ)، މަޢާނީ މުއާވިޔަތު ޝަރީފު 5 އޭ ސްޓަރސް (ސީއެޗްއެސްއީ)، މަރިޔަމް މަލްސާ އަލީ 5 އޭ ސްޓަރސް (ސީއެޗްއެސްއީ)، ޝަނީ ޝަމީމް 5 އޭ ސްޓަރސް (ސީއެޗްއެސްއީ) އެވެ.

ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް ލިބުނު ދަރިވަރަކަށް ރައީސުލްޖުމުހޫރިއްޔާ ލިޔުން ހަވާލުކޮށްދެއްވަނީ: ފޮޓޯ: ރައީސް އޮފީސް

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ، މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ހޯދައިގެން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ޙާޞިލްކުރި ދަރިވަރުންނާއި، ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރި ހުރިހާ ދަރިވަރުންނަށް، އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައެވެ.

ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް ލިބުނު ދަރިވަރަކަށް ރައީސުލްޖުމުހޫރިއްޔާ ލިޔުން ހަވާލުކޮށްދެއްވަނީ: ފޮޓޯ: ރައީސް އޮފީސް

 

ސްކޮލަޝިޕް ޙާޞިލްކުރި ދަރިވަރުންނާއި މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ކުދިން މި ނުކުންނަނީ ހުޅުވިފައިވާ ދުނިޔެއަކަށް ކަމަށާއި، ތަފާތު ސަގާފަތްތަކާއި ތަފާތު އާދަކާދަތަކުގެ މަސްހުނި ވެއްޓެއްގެ ތެރެއަށް ކަމަށެވެ. އަދި އެވެށީގެ ތެރެއިން ޒަމާނީ އޮއިވަރާއި އުދަބާނިތައް ކުދިން ވަށައިލާނެ ކަމަށާއި ހިތް އެދޭ އެތައް ކަމެއް ކުދިންގެ ވިސްނުމާ ކުޅެމުން ދާނެ ކަމަށެވެ. އަދި ހޮޅިލައި ނަގާ ކިތަންމެ ރާޅެއް އެކުދިންގެ މިސްރާބު ބަދަލުކުރުމަށް މަޖުބޫރުކުރާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް ލިބުނު ދަރިވަރަކަށް ރައީސުލްޖުމުހޫރިއްޔާ ލިޔުން ހަވާލުކޮށްދެއްވަނީ: ފޮޓޯ: ރައީސް އޮފީސް

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ދަރިވަރަކީވެސް ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ ކަމަށެވެ. އަދި ކޮންމެ ބިމެއްގައި ކޮންމެ ސަގާފަތެއްގެ ތެރޭގައި ދަތުރު ނަގަހައްޓަން ޖެހުނަސް، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާއަށް ވުރެ ބޮޑަށް، ހިތު މިސްރާބު ސީދާކޮށްދޭނެ އެހެން ސަމުގާއެއް ނުފެންނާނެކަމަށާއި ދެދުނިޔޭގެ ބާއްޖަވެރިކަމާއި ހިތްހަމަޖެހުން ޙާޞިލްކުރެވޭނީ ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓި މިންވަރަކުން ކަން ތާއަބަދުމެ ހަނދާނުގައި ބަހައްޓަންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ޙާޞިލްކުރި 6 ދަރިވަރުންގެ އިތުރުން، ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރި 79 ދަރިވަރަކަށް ވަނީ ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *