ދިރާސީ އާ އަހަރަށް މަރުޙަބާކީ ގިނަ ދަރިވަރުންތަކަކާއެކު..

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިގެން މިދިޔައީ ގިނަގުނަ އުންމީދުތަކަކާއި ފޮނި ކާމިޔާބީތަކެއް ޙާސިލްކުރުމުގެ އަޒުމުގައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ވެސް ދިރާސީ އާ އަހަރާއި ކުރިމަތިލާނީ ގިނަ އުންމީދުތަކާއެކުއެވެ. އެހެންކަމުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުންވެސް މިފެށުނު ދިރާސީ އާ އަހަރަކީ ދަރިވަރުންގެ ކިޔެވުމަށް އިތުރު ކާމިޔާބީތަކެއް ހޯދައިދިނުމުގެއަޒުމުގައި މަސައްކަތް ކުރާނެ އަހަރަކަށް ހެދުމުގެ ނިޔަތުގައެވެ.

އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރަމަރީގައި ކިޔަވާ ދަރިވަރުން މި އަހަރުގެ ކިޔެވުން މިވަނީ ދެ ދަންފަޅިއަކަށް ބަދަލުކޮށްފައެވެ. އެގޮތުން ގްރޭޑް 1، 2، އަދި  3ގައި ކިޔަވާދަރިވަރުން ސްކޫލަށް ހާޟިރުވަނީ ހެނދުނުގެ ދަންފަޅިއަށެވެ. މެންދުރުފަހުގެ ދަންފަޅީގައި ކިޔަވަމުން ދާނީ ގްރޭޑް 4، 5 އަދި 6ގެ ދަރިވަރުންނެވެ. މިފަހަރު މިބަދަލުތައް ގެންނަން ޖެހުނު އެންމެ ބޮޑު ސަބަބަކީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޖާގައިގެ ދަތިކަމެވެ. މިއީ އަޙްމަދިއްޔާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

މިއަހަރުގެ ދިރާސީ އާއަހަރަށް މަރުޙަބާ ކިޔުނީ ވަރަށް ގިނަ ދަރިވަރުންތަކަކާއެކުއެވެ. އެގޮތުން ގްރޭޑް 1ގައި އަލަށް ކިޔެވުމަށް އެތައް ދަރިވަރުންތަކެއްވަނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި ގުޅިފައެވެ. އާ ދިރާސީ އަހަރުގެ ކިޔެވުން ފެށިގެން ދިޔައީ ދެ ދަންފަޅީގައިވެސް ކިޔަވާ ދަރިވަރުންނަށް ބޭއްވުނު ޚާއްޞަ އެސެމްބްލީއަކުންނެވެ. މި އެސެމްބްލީގައި ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުހައްމަދު ރަޝީދު ވަނީ ދަރިވަރުންނަށް ވަރަށް އަގުހުރި ނަސޭހަތެއް ދެއްވާފައެވެ. އެގޮތުން ޕްރިންސިޕަލް ގެ ވާހަކަފުޅުގައި އަލިއަޅުވާލީ ދަރިވަރުންގެ ކިޔެވުމާއެކު ދަރިވަރުންގެ އަޚްލާޤުވެސް ރަނގަޅު ކުރުމަށް މަސައްކަތްކުރުމަށެވެ. މީގެ އިތުރުން ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ވެސް ވަނީ ދަރިވަރުންނާއި މުޚާޠަބުކޮށް މިއަހަރު ވަރަށް ގިނަ އުންމީދުތަކެއް ފުރިހަމަކުރުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އެގޮތުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ކިޔަވާ ކޮންމެ ދަރިވަރަކީ މޮޅު، މުޖުތަމައަށް ބޭނުންތެރި، ދަރިވަރަކަށް ވުމަށް މަސައްކަތްކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *