ބުރާސްފަތި, 24 އޭޕްރިލް 2025

ސާނަވީ ގަދަ 10ގެ 1 ވަނަ ސްކޫލަކީ އަޙްމަދިއްޔާ

މިދިޔަ އަހަރު އޯލެވެލް އިމްތިހާން ހެދި ސްކޫލް ތަކުގެ ތެރެއިން ގަދަ 10ގެ 1 ވަނަ ސްކޫލަކަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޮވިއްޖެއެވެ. އަޙްމަދިއްޔާއިން ގަދަ 10 އަށް ހޮވުނީ 66 ދަރިވަރުންނެވެ. މިއީ މިހާތަނަށް އަޙްމަދިއްޔާއިން ގަދަ 10 ގައި އެންމެ ގިނަ ދަރިވަރުން ހޮވުނު އަހަރެވެ. 2 ވަނައަށް އެންމެ ގިނަ ދަރިވަރުން ގަދަ 10އަށް ހޮވުނީ، އިސްކަންދަރު ސްކޫލުންނެވެ. އިސްކަންދަރުން ގަދަ 10 ގައި 42 ދަރިވަރުން ހިމެނުނެވެ. ޖަމާލުއްދީން ސްކޫލް ދަނީ 3 ވަނަ އަށެވެ އެސްކޫލުން ގަދަ 10 ގައި ހިމެނުނީ 39 ދަރިވަރުންނެވެ. 4 ވަނަ ލިބެނީ އަމީނިއްޔާ ސްކޫލަށެވެ. އެސްކޫލުން ގަދަ 10 ގައި ިމެނުނީ 37 ދަރިވަރުންނެވެ. 5 ވަނަ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލެވެ. އެސްކޫލުން ގަދަ 10 ގައި ހިމެނުނީ 32 ދަރިވަރުންނެވެ.

6 ވަނަ 31 ދަރިވަރުންނާއެކު ޝަރަފުއްދީން ސްކޫލް ހޯދިއިރު 7 ވަނަ ލިބެނީ ހިރިޔާ ސްކޫލަށެވެ. އެ ސްކޫލުން ގަދަ 10 ގައި ހިމެނުނީ 30 ދަރިވަރުންނެވެ. 8 ވަނަ 2 ސްކޫލަށް ލިބެއެވެ. އެއީ މަޖީދިއްޔާ ސްކޫލާއި ރެހެންދި ސްކޫލެވެ. މި 2 ސްކޫލުންވެސް ގަދަ 10 ގައި ހިމެނުނީ 25 ދަރިވަރުންނެވެ. ތާޖުއްދީން ސްކޫލަށް 9 ވަނަ ލިބޭއިރު އެސްކޫލުްގަދަ 10 ގައި ހިމެނުނީ، 20 ދަރިވަރުންނެވެ. 10 ވަނަ ލިބުނީ ހިތަދޫ ސްކޫލަށެވެ. އެ ސްކޫލުން ގަދަ 10 ގައި ހިމެނުނީ 19 ދަރިވަރުންނެވެ.

ސާނަވީގެ ގަދަ ދިހައެއްގައި 29 ދަރިވަރުން ހިމެނެއެވެ. އެއްވަނައިގައި އެންމެ ގިނަ ދަރިވަރުން ހިމެނުނީ އަހުމަދިއްޔާ ސްކޫލާއި އައްޑޫސިޓީގެ ޝަރަފުއްދީން ސްކޫލުންނެވެ. ކޮންމެ ސްކޫލަކުން ވެސް ހަތަރު ދަރިވަރުން އެއްވަނައިގައި ހިމެނިފައިވެއެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގަދަ 10 ގެ 1 ވަނައިގައި ހިމެނުނު ދަރިވަރުންނަކީ، އާދަމް ނާއިޝް ނަސީމް 10ޖީ، ލަޔާން މުޙައްމަދު ރަޝީދު 10ޑީ، ނަބީޙާ ޔަޢުޤޫބު 10ޑީ ރަޒާން އިބްރާހީމް ރަޝީދު 10ޖީ އެވެ

ނިމުނު ދިރާސީ އަހަރަކީ، ރާއްޖޭގައި މަތީ ޘާނަވީ އިމްތިހާންތަކާއި ޘާނަވީ އިމްތިހާންތަކުގެ އެންމެ ނަތީޖާ ރަނގަޅު އަހަރެވެ. ޘާނަވީ ތަޢުލީމު ނިންމައި، މިއަހަރު ދިވެހިރާއްޖެއިން 5955 ދަރިވަރުން އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނުތަކުގައި ބައިވެރި ވިއިރު، މަތީ ޘާނަވީ ތަޢުލީމު ނިންމައި، ދިވެހިރާއްޖެއިން 2641 ދަރިވަރުން ވަނީ އެޗް.އެސް.ސީ އަދި އޭލެވެލް އިމްތިހާނުތަކުގައި ބައިވެރިވެފައެވެ.

ޘާނަވީ އިމްތިހާނުތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން، 757 ދަރިވަރުން ވަނީ ޤައުމީ ގަދަ 10 ގައި ހިމެނިފައެވެ. އަދި، 13ދަރިވަރަކު ވަކިވަކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައި ހިމެނިފައިވާ އިރު، 6 ދަރިވަރަކު ވަނީ ހައި އެޗީވްމަންޓް އެވޯޑް ޙާޞިލުކޮށްފައެވެ.

މީގެ އިތުރުން، މަތީ ޘާނަވީ އިމްތިޙާނުތައް ނިންމި ދަރިވަރުންގެ ތެރެއިން 348 ދަރިވަރަކު ޤައުމީ ގަދަ 10 ގައި ހިމެނިފައިވާއިރު، 41 ދަރިވަރަކު ވަނީ ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގެ ތެރެއިން ތެރެއިން 52 ވަނައެއް ޙާޞިލުކޮށްފައެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *