އަހްމަދިއްޔާގެ އޭލެވެލް ދަރިވަރުން ހުރާއަށް

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ  12 ގެ ބައޮލޮޖީ ކިޔަވާ ދަރިވަރުން އެކުދިންގެ އެކޮލޮޖީ ފިލާވަޅާގުޅޭ ބައެއް މަސައްކަތްތައް ކުރުމަށް ކ. ހުރާއަށް އިއްޔެ ދަތުރެއް ކޮށްފިއެވެ. މި ދަތުރުގައި ބައިވެރިވީ ގްރޭޑް 12 ގެ 87 ދަރިވަރުންނާއި 20 ޓީޗަރުންނެވެ. އަދި ބެލެނިވެރިންވެސް މިދަތުރުގައި ބައިވެރިވިއެވެ.

އަޙްމަދިއްޔާ އޭލެވެލް ބައޮލޮޖީ ދަރިވަރުން ހުރާ ކުޅީގައި … ފޮޓޯ ހަޝްމާ

މި ދަތުރުގައި އެކުދިން ޒިޔާރަތްކުރީ ހުރާ ކުޅިއަށާއި ފުޓްބޯޅަ ދަނޑަށެވެ. އެތަނުގައި ބައޮލޮޖީ  ފިލާވަޅާގުޅޭ ދިރޭތަކެތީގެ ހުރި މިންވަރުގެ ދެނެގަތުމުގެ މަސައްކަތްތަކެއް ދަރިވަރުން ކުރިއެވެ.

އަޙްމަދިއްޔާ އޭލެވެލް ބައޮލޮޖީ ދަރިވަރުން ހުރާ ފުޓްބޯޅަ ދަނޑުގައި … ފޮޓޯ ހަޝްމާ

މިދަތުރުގައި ހުރާ ސްކޫލަށް އެހީތެރިވެ ދިނުމުގެ ގޮތުން އެ ސްކޫލްގެެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މުދައްރިސުން ބައޮލޮޖީ އާއި ހިސާބުގެ ގަޑިތަކެއް ނަންގަވައިދެއްވިއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *