އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އަދަބީ ޖަމްޢިއްޔާ ދަރިވަރުންގެ ހިޔާއާއި ދިވެހި ޑިޕާޓްމެންޓް ގުޅިގެން ބާއްވާ”ހިޔާ ޢީދު 2022“ ސެޕްޓެމްބަރ 3 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ވޭތުވެ ދިޔަ 10 އަހަރު ހިޔާ ޢީދު ބާއްވާފައިވަނީ، ސާނަވީ އާއި މަތީ ސާނަވީގެ ދަރިވަރުންނަށް އެކީގައި ވާދަ ކުރެވޭ ގޮތަށެވެ.

ނަމަވެސް މިއަހަރު ހަމަޖައްސާފައިވަނީ ސާނަވީ އާއި މަތީ ސާނަވީ ކުލާސްތަކުގެ ދަރިވަރުން ވަކިން މިދުވަސް ފާހަގަކުރާ ގޮތަށެވެ. އެގޮތަށް ހަމަ ޖައްސާފައިވަނީ މިހާރު ސްކޫލްގެ އެކިއެކި މަގާމްތަކަށް ދަރިވަރުން ހޮވަނީވެސް ސާނަވީއާއި މަތީ ސާނަވީގެ ދަރިވަރުންނަށް ވަކިން ކަމުގައިވާތީއެވެ. އަދި މިގޮތަށް ހަމަ ޖެއްސުމުން ވީހާވެސް ގިނަ ދަރިވަރުންނަށް މުބާރާތްތަކުގައި ބައިވެރި ވުމުގެ ފުރުޞަތުވެސް އިތުރުވެގެން ދާނެތީއެވެ.

މިއަހަރު ހިޔާޢީދު ގައި މަތީ ސާނަވީ ދަރިވަރުންނަށް 10 މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު އިއްޔެވަނީ ހުޅުވާލާފައެވެ. އެއީ، މަޒުމޫނު ލިޔުމާއި، ރިޕޯޓް ލިޔުމާއި، ދަތުރުނާމާ ލިޔުމާއި، ބަހުސް ކުރުމާއި، ރައިވަރު ކިޔުމާއި، ތަމްސީލު ކުޅުމާއި، ބަޚަބަރު ކިޔުމާއި، ބައޮގްރަފީ ހުށަހެޅުމާއި، އަދަބީ ކުއިޒާއި ނޫސްލިޔުމެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މުބާރާތް ތައް ހުޅުވާލާފައިވަނީ ސްކޫލްގެ 4 ހައުސް ކަމަށްވާ ޖަނަވަރީ، ކާމިނީ، ޗާނދަނީ، ހުވަނދުމާ ހައުސް ވާދަކުރާ ގޮތަށެވެ.

ސެޕްޓެމްބަރ 3 ގައި ހިޔާޢީދު ފާހަގަކުރި ކަމުގައިވިޔަސް، ލިޔާ މުބާރާތްތައް 1 ސެޕްޓެމްބަރ ގައި ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. އެއީ، މަޒުމޫނު ލިޔުމާއި، ރިޕޯޓް ލިޔުމާއި، ދަތުރުނާމާ ލިޔުމެވެ. ސާނަވީ ދަރިވަރުންނަށް ބާއްވާ ހިޔާޢީދު ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ ތެރޭގައެވެ.