އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 2020 ވަނަ އަހަރުގެ މަތީ ސާނަވީގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ފާޠިމަތު ނަފްޙާ ހޮވިއްޖެއެވެ. ރޭ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް މާލަމުގައި ބޭއްވި މި އަހަރުގެ އިނާމު ދިނުމުގެ ހަފްލާގައި އެންމެ މޮޅު ދަރިވަރަށް އިނާމުތަކާއި ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުﷲ ރަޝީދެވެ.

ރޭގެ ޖަލްސާގައި 2021 ވަނަ އަހަރުގެ ތަޢުލީމީ ގޮތުން އެކިއެކި ވަނަތައް ހާޞިލް ކުރި ދަރިވަރުންނަށާއި 2021 ވަނައަހަރު އޭލެވެލް އިމްތިޙާންގެ އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށްވެސް ތައްޓާއި ސެޓްފިކެޓް ދެވުނެވެ.
2021 ވަނަ އަހަރު ބޭއްވި އެޗް.އެސް.ސީ. އިމްތިޙާނާ އެޑެކްސެލް އޭ.ލެވެލް އިމްތިޙާނު ތަކުގައި، އަޙްމަދިއްޔާގެ 178 ދަރިވަރުން ބައިވެރިވެ އަޙްމަދިއްޔާގެ ތާރީޚްގައި ވެސް ފާހަގަކޮށްލެވޭ ފަދަ މޮޅު، ނަތީޖާތަކެއް ވަނީ ހާޞިލް ކޮށްފައެވެ. އެގޮތުން 2021 ވަނަ އަހަރުގެ އޭ.ލެވެލްގެ ގައުމީ ގަދަ ދިހައެއްގައި އަޙްމަދިއްޔާގެ 50 ދަރިވަރުން ހިމެނުނެވެ.
އެކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައި އަޙްމަދިއްޔާގެ 11 ދަރިވަރަކުވަނީ ހިމެނިފައިވެއެވެ. އެއީ އަޙްމަދު ރަސަލް ތަސްލީމް 12 އެލް (އެކައުންޓިންގ އަދި ބިޒްނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 1 ވަނަ )، ފާތިމަތު މާޔާ ނަސްރުﷲ 12 ޖޭ، (އެކައުންޓިންގ އިން މުޅި ދުނިޔެއިން 1 ވަނަ )، މުޙައްމަދު ރަޒާން އަޙްމަދު 12އެލް (އެކައުންޓިންގ އިން މުޅި ދުނިޔެއިން 1 ވަނަ )، އަޙްމަދު އަލާން 12 އެލް، (އެކައުންޓިންގ އިން މުޅި ދުނިޔެއިން 1 ވަނަ )، ފާތިމަތު މިދުހާ 12 ކޭ، (އެކައުންޓިންގ އިން މުޅި ދުނިޔެއިން 1 ވަނަ )، އަޙްމަދު އަޝްހަމް އާދިލް 12 އެލް، (އެކައުންޓިންގ އިން މުޅި ދުނިޔެއިން 1 ވަނަ )، އަޙްމަދު ރަފްޙާން ފާއިޒް 12 އެޗް، (ފިޒިކްސް އިން މުޅި ދުނިޔެއިން 2 ވަނަ، މެތަމެޓިކްސް އިން މުޅި ދުނިޔެއިން 4 ވަނަ އަދި ކެމިސްޓްރީ އިން މުޅި ދުނިޔެއިން 6 ވަނަ)، އަދި ޢާއިޝަތު ލީން މައުސޫމް 12ކޭ، (ބިޒްނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 5 ވަނަ) އެވެ. މީގެ ތެރެއިން އަޙްމަދު ރަފްޙާން ފާއިޒް ވަނީ އެޑެކްސެލްގެ ގްރޭޑް ޕްރިޒް އެވޯޑް ހާސިލްކޮށްފައެވެ.
އަހްމަދިއްޔާގެ 12 ދަރިވަރަކު ވަނީ ދިވެހި ސަރުކާރުގެ ހައި އެޗީވާރސް ސްކޮލަޝިޕް ކާމިޔާބުކޮށްފައެވެ. އެ ދަރިވަރުންނަކީ، އަޙްމަދު އަލާން 12 އެލް، އަޙްމަދު ރަފްހާން ފާއިޒު 12 އެޗް، އަޙްމަދު ރަސަލް ތަސްލީމް 12 އެލް، ފާތިމަތު މާޔާ ނަސްރުﷲ 12 ޖޭ، ހަސްނާ ޢަލީ 12 ޖޭ، މުޙައްމަދު އައިލަމް ޙުސައިން 12ޖީ، މުޙައްމަދު ހަމްދާން އަޙްމަދު 12 އެލް، މުޙައްމަދު ރަޒާން އަޙްމަދު 12އެލް، ނަފްޙާ މޫސާ 12 ޖޭ، ސަހްނަތު ސަފިއްޔާ 12 ޑީ، ޙަސަން ޙަމީދު 12 ޖީ، އަދި ޢައިޝަތު ލީން މައުސޫމް 12 ކޭ އެވެ.

2021 ވަނަ އަހަރު އެންމެ ރަނގަޅު ނަތީޖާ ހޯއްދަވައިދެއްވި މުދައްރިސުންނަށްވެސް އިނާމު ދިނުމުގެ ޖަލްސާގައި އެވޯޑް ދެވުނެވެ. ހުރިހާ ގޮތަކުން އެންމެ ރަނގަޅު ނަތީޖާ ހޯއްދަވައިދެއްވި މުދައްރިސަކަށް ހޮވުނީ އެކައުންޓިން މުދައްރިސް މރ. އެޑްވިން ރާޖް އެވެ.